ލައިފްސްޓައިލް

ސައިންސް ބުނަނީ ގެރީގެ ކުޑަކަމުދާ ތަކެތީގައި އެއްވެސް ސިއްހީ ފައިދާއެއް ނެތް ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

ގެރި އަކީ އިންޑިއާ ގެ ސަރުކާރުން ހިމާޔަތްދީފައިވާ ޖަނަވާރެކެވެ. ގެރީގެ ކުޑަ ކަމުދާ ތަކެތިން ކެންސަރަށް ފަރުވާ ހޯދޭ ކަމާއި ގެރީގެ ކިރު ރީނދޫކޮށް ހުންނަނީ އޭގައި ރަން ހިމެނޭތީކަމަށް އިންޑިއާގެ ގިނަ ހިންދޫން ގަބޫލުކުރެއެެވެ.

ދާދި ފަހުން މިވަނީ އިންޑިއާ ސަރުކާރުން އިސް ނަގައިގެން ގެރީގެ ކިރާއި ކުޑަކަމުދާ ތަކެތީގެ އިތުރުން ބޮޑުކަމުދާ ތަކެތިން ލިބޭ ފައިދާތައް ދިރާސާކޮށްފައެވެ. މި ދިރާަސާ ކޮށްފައިވަނީ އެ ގައުމުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޑިޕާޓުމެންޓުންނެވެ. މި ދިރާސާގެ މައިގަނޑު މަގްސަދަކަށް ވީ ގެރީގެ ދިރާސާ ކުރާ ހުރިހާ މީހުން އެއްބަސްވެ ގެރީގެ ކުޑަކަމުދާ ތަކެތިންނާއި ކިރުން ލިބިދޭ ސިއްހީ އަދި ދަނޑުވެރިކަމަށް ލިބޭ ފައިދާތައް ދެނެގަނެވި އޭގެ މައްޗަށް ޕްރޮޕޯސަލްއެއް ހެދުމެވެ. އަދި ގެރީގެ އެކި ބައިތައް ބޭނުންކޮށް ދަތްއުނގުޅާ ބޭހާއި މަދިރި ދުންދަނޑި ފަދަ އެއްޗެހި ހެދުމެވެ. މީގެ އިތުރުން ވެސް ކެންސަރަށް ފަރުވާ ހޯދޭ ބަޓަރާއި ގިތެޔޮ ހެދުމަކީ ވެސް އެމީހުންގެ އެއް އަމާޒެވެ.

ނަމަވެސް މި ދިރާސާ ހަދަން ސައިންސްވެރިންނަށް އެންގުމުން އިންޑިއާ ސަރުކާރަށް މާ އުފާވެރި ޖަވާބެއް ނުލިބުނެެވެ. ސައިންސްވެރިން ވަނީ އިންޑިއާ ސަރުކާރުގެ ހުށަހެޅުމަށް ފާޅުގައި ނޫނެކޭ ބުނެފައެވެ. ސަބަބެއް ގެ ގޮތުގައި ސައިންވެރިން ބުނެފައިވަނީ މީގެ ކުރިން ކުރި އެއްވެސް ދިރާސާއަކުން ވެސް ކެންސަރަށް ފަރުވާ ކުރެވޭ އެއްވެސް ޒާތެއްގެ ބާވަތެއް ގެރީގައި ހުންނަކަމަށް ދައްކާފައެއް ނުވެއެވެ.

އަދި މިއީ ވަކި ބަޔަކު ވަކި ފައިދާއެއް ހޯދުމުގެ ގޮތުން ކުރަން އުޅޭ ދިރާސާއެއްގެ ގޮތުގައިވެސް ސައިންސްވެރިން ވަނީ ސިފަކޮށްފައެެވެ. ހަމަ ހަމަ ދިރާސާއެއް ކުރަން ބޭނުންވާނަމަ އެ ދިރާސާގައި ގެރީގެ އިތުރުން ޖަމަލާއި ބަކަރި ވެސް ދިރާސާ ކުރަން ޖެހޭކަމަށް ސައިންސްވެރިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!