ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސްފި، މިއަދު ޖަނާޒާ ބާއްވަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.
އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ ގދ. ހޯނޑެއްދޫއިން އޭނާ ހައްޔަރުކޮށްގެން އެ އަތޮޅުގެ މަޑަވެލީ ޕޮލިސް ސްޓޭޝަނަށް ގެންދަނިކޮށެވެ.
ރަޝީދުގެ އާއިލާއިން ބުނީ، މިއަދު މެންދުރު ފަހު 1:30 ގައި ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ރަޝީދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ. މިއަދު މަޣްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އޭނާ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ތަހުގީގު ފަށައިފައެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވީ އިންޑިއާއަށެވެ. ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ.