އުދައިގެ އަސަރު ކުޑަކުރުމަށް، ސަލްމާން މިސްކިތުގެ އިރުމަތީ ފަރާތުގައި ފާރެއް

މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ މާލެ ސިޓީ ކައުންސިލުން އެސަރަހައްދުގައި ފާރެއް އިމާރާތް ކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުދައެރުމުން ރައްކާތެރިވުމަށް “ޕްރޮޓެކްޓިވް ވޯލް”އެއް އެ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދެއްކަން ފާހަގަކޮއްލެވެއެވެ.އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު ސާފުކޮށް ހަދައެވެ.
އިއްޔެ މާލެއަށް އުދައެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދާއި، ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދަކަށް ވަނީ ލޮނުގެ އަސަރުކޮށްފައެވެ. މާލެއަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެ ސަރަޙައްދުތަކަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މާލެ ވަށައިގެން ބޮޑު ފާރު ރާނާބަލަ އޭރުން އުދައިގެ އަސަރު ކުޑަވާނެ !
އަދި ކިރިޔާތަ ތި ފާރު ފެނުނީ! މިއަންނަ އަހަރު ތި ފާރު ފެނުނު ނަމަދޯ!