ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިންޑިއާ ޓީޗަރަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޢުމުރުން 28 އަހަރުގެ ބިދޭސީއަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރީ އެ ރަށު ސްކޫލުގައި ވަޒީފާ އަދާކުރަމުންދިޔަ އިންޑިއާ ޓީޗަރެކެވެ. އޭނާއަށް ތުހުމަތު ކުރަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ އެ ރަށު ރައްޔިތުން ނިކުމެ އިހުތިޖާޖުކުރަން ފެށި ފަހުންނެވެ.
Ads by Allied Insurance