ޚަބަރު ސިޔާސީ

ދެ ރައީސުން އެއްބަސްކިޔާފައި، ޤައުމު ވިއްކާލައިފި: ޝުޖާޢު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއްބަސްވެވަޑައިގެން، ޤައުމު ވިއްކާލާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދެ ރަައީސުންނަށް ފާޑުވިދާޅުވެ، ޝުޖާޢު ކުރެއްވި ޓްވީޓުގައި އިދިކޮޅުގެ ސަޕޯޓަރުންނަށް ގޮވައިލެއްވީ، ރައީސް ޞާލިޙާ ރައީސް ނަޝީދުގެ "ޑްރާމާ"ގައި ނުޖެހުމަށެވެ.

"މި ދެމީހުންނަކީ އެކައްޗެއް. ދެމީހުން އެއްބަސް ކިޔައިގެން މިއޮތީ ޤައުމު ވިއްކާލާފަ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ، މި ދެ މީހުންވެސް ބަލިކުރުން." ޝުޖާޢުގެ ޓްވީޓުގައި ލިޔުއްވާފައިވެއެވެ.

ހުޅުމާލޭގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި ޝުޖާޢު މިހެން ވިދާޅުވިއިރު، މިފަހަރު ރައީސް ޞާލިޙަށް ތާއީދު ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވެނުލައްވާކަން، ރައީސް ނަޝީދު މީގެ ކުރިންވެސް ހާމަކުރެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި ތާއީދު ކުރައްވާނީ ރައީސް ޞާލިޙަށް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ މިފަހަރު ރައީސް ޞާލިޙަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ނުހުންނަވާނެކަން ހާމަކޮށްދެއްވައިފައެވެ.

މި އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙު  ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވިއިރު، އެ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުން ނަމަ، އެމަނިކުފާނަކީ "ޗޮއިސް" އެއް ކަމަށެވެ.

  1. ހސނބ

    ވީމާ ކަލޭއެކަނި ތެދު ހަދަނީ ދޯ