މާލެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
މާލެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން އެފްއާރުއެސްއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 00:30 ހާއިރު ކަމަށާއި އިތުރު ތަފްސީލް އަދި ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ ރޯވެފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަރާޖުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
Ads by Allied Insurance