ޚަބަރު

އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހިކަން މާފަންނު ސްޓޭޑިއަމްގައި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ-- ފޮޓޯ/ ދައުރު

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުރި މީހުންނަށްޓަކައި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ( އެންޑީއެމްއޭ)އިން ވަގުތީ ހިޔާވައްސެއް ހަމަޖައްސަވައިފިއެވެ.

Ads by STELCO

އެ އޮތޯރިޓީން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތުން ނެރެން ޖެހުނު މީހުންނަށް، މާފަންނު ސްޓޭޑިއަމްގައި ވަގުތީ ހިޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާ ކަަަމަށް ވިދާޅުވިއެވެ.

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނުވަ މީހަކު ވަނީ މަރުވެފައެވެ. މަރުވި އެންމެންނަކީވެސް ބިދޭސީންކަން އެނގިފައިވެއެވެ.

ރޭ އަލިފާން ރޯވެފައިވަނީ މާލޭގެ އިސްކަންދަރު މަގާ ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ.ނިރުފެހި ކިޔާ ގެއެއްގައެވެ. އެގޭގައި ގަރާޖަކާ ލޭބަރ ކުއާޓަރެއް ހުރެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރަމުން ދިޔައިރުވެސް، އިމާރާތުގައި ދިރިއުޅެމުން ދިޔަ ބަޔަކު މަދުކަން ފުރަތަމަ ފާހަގަކުރެވިފައި ނުވާ ކަމަށާއި، އެކަން ފާހަގަވީ ފަހުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

 

Ads by HDC
  1. ޢައްޓަމަސް

    ބޭރުމީހުންނަށް ބޯހިޔާވަހިކަން