ޓްވިޓާގައި ފޭކް ބުލޫ ޓިކް އެކައުންޓްތަކެއް

މަޤުބޫލު ސޯޝަލް ނެޓްވޯކިން ސައިޓު، ޓްވިޓަރގައި ފޭކު ބްލޫ ޓިކް އެކައުންޓަތަކެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާންމުވާން ފަށައިފިއެވެ.
އެކި މަޝްހޫރު ފަންނާނުންނާއި، ސިޔާސީ މީހުންގެ ނަމުގައި ހަދަންފަށާފައިވާ މި އެކައުންޓްތައް ޓްވިޓާއިން އަންނަނީ ސަސްޕެންޑް ކުރަމުންނެވެ.
މިގޮތަށް ކަންތައް ވެފައި މިވަނީ ޓްވިޓާގެ އައު ސީއީއޯ އީލޮން މަސްކް ޓްވިޓާގެ އޮފިޝަލް އެކައުންޓްތަކުގައި ބުލޫ ޓިކް ލުމަށް ފީއެއް ނެގުމަށް ކަނޑައެޅުމާއެކުއެވެ. މި ފިޔަވަޅު އެޅުމާއެކުވެސް ކަމުގެ މާހިރުން ވަނީ މިކަމުގެ ސަބަބުން ފޭކް އެކައުންޓްތަކާއި ސްކޭމް އެކައުންޓްތައް ގިނަ ވެދާނެކަމަށް އަންދާޒާވެސް ކޮށްފައެެވެ.
މިހާރު ސަސްޕެންޑްކޮށްފައިވާ ފޭކް އެކައުންޓްތަކުގެ ތެރޭގައި މަޝްހޫރު ކުންފުނިތައް ކަމަށްވާ އެޕަލް، ނިންޓެންޑޯ އަދި ބީޕީ ހިމެނެއެވެ. އަދި މީގެ އިތުރުން މާކް ޒަކަބާގް، ޑޮނަލްޑް ޓްރަމްޕް، އަދި ޖޯ ބައިޑެންގެ ފޭކް އެކައުންޓްތައްވެސް މިހާރުވަނީ ސަސްޕެންޑެކޮށްފައެވެ.
އެރިޒޯނާ ގަވަނަރ ކަމަށް ވާދަކުރައްވާ ކެންޑިޑޭޓެއް ކަމުގައިވާ ކަރި ލޭކް ގެ ފޭކް އެކައުންޓުން ވަނީ އޭނާ އިންތިޚާބުން ނަން އަނބުރައި ގެންގޮސްފައިވާ ކަމަށްވެސް ޓްވީޓުކޮށްފައެވެ. މި ޓްވީޓް ޑިލީޓުކުރުމަށް ޓްވިޓާއިން އެތައް ގަޑިއިރެއް ނެގިއެވެ.
https://twitter.com/ariehkovler/status/1591000913380098048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1591000913380098048%7Ctwgr%5Eb6a3ec6a19e64df9c519b9e60f7849db0aa58826%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.bbc.com%2Fnews%2Ftechnology-63599553
މި މައްސަލަތައް ހައްލު ކުރުމަށް ޓްވިޓާއިން ވަނީ އަޅި ކުލައިގެ އޮފިޝަލް ޓިކެއްވެސް މި ފަހުން ތަޢާރަފުކޮށްފައެވެ. ނަމަވެސް މި މައްސަލަ ކުރިއަށް އޮތް ތާނގައި ދިމާނުވާނެ ގޮތައް ދާއިމީ ހައްލެއް ގެނެވޭނީ ކިހިނެއްކަން ޓްވިޓާއިން ވިސްނާފައިވާކަމެއް ސާފެއްނޫނެވެ.
ޓްވިޓާ ގަތުމަށްފަހު އީލޮން މަސްކް އަންނަނީ މި ޕްލެޓްފޯމަށް އެތައް ބަދަލުތަކެއް ގެންނަމުންނެވެ. ކުންފުނީގެ މުހިންމު ރޯލުތައް އަދާކުރާ މުވައްޒަފުން ވަކި ކުރުމުގެ އިތުރުން "ފްރީ ސްޕީޗް" ޕްރޮމޯޓުކުރުމަށް އޭނާ އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާގެ މި ވިސްނުމާ ހިތްހަމަ ނުޖެހިގެން އެތައް ބައެއް އަންނަނީ ޓްވިޓާ ބޭނުން ކުރުން ހުއްޓާލަމުންނެވެ. މީގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިންވެސް ހިމެނެއެވެ.







ކޮމެންޓް