Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާއަކީ "ދެން" އިން ނޫސްވެރިކަމަށް ނިކުތް ޢާލިމް

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާއަކީ "ދެން" އިން ނޫސްވެރިކަމަށް ނިކުތް ޢާލިމް
މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް، "ދެން" އިން ނޫސްވެރިކަމާ ގުޅުނު ޢާލިމް އަބްދުލްލަތީފަށް ލިބިއްޖެއެވެ. ޢާލިމް "ދެން"ގެ ޓީމާ ގުޅިފައިވަނީ، އުމުރުން އެންމެ 18 އަހަރުގައި، 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ އަހަރަކާއި ހަތަރު މަސްފަހުން، އެހެން މީޑިއާއަކާ ގުޅުނެވެ. ތިރީގައި އެވަނީ 2020 ވަނަ އަހަރު "ދެން"އަށް އަހަރެއް ފުރުމާ ގުޅިގެން ގެނެސްދިން ޕޭޖްގައި ލިޔެފައިވާ ޢާއިލްގެ ކުރު ތައާރަފެކެވެ.
އުމުރުން އެންމެ 19 އަހަރުގެ ޢާލިމަކީ "ދެން"ގެ އެންމެ އުއްމީދީ ނަމެވެ. އަމިއްލައަށް އެދިގެން "ދެން"އާ ގުޅި ، އޭނާ ދަނީ ތަފާތު ލިޔުންތައް ގެނެސްދެމުންނެވެ. ޚާއްޞަކޮށް "ދެން ފުރަމަލަ"ގެ ނަމުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަންނުވެރީންގެ ރިޕޯޓްތައް ތައްޔާރުކޮށް ، އެއީ "ދެން"ގެ އެންމެ މަގުބޫލު އެއް ލިޔުންތައް ކަމުގައި ، އާލިމް ވަނީ ހަދާފައެވެ. ލިޔުންތެރިކަމުގެ ބާޒާރުގައި މިހާރު ވެސް ބޭނުން ބޮޑު އާލިމުގެ އަލިގަދަ ވިދުން އަދި ކުރިއަށް އޮތީއެވެ.
"ދެން"ގައި މަސައްކަތް ކުރިއިރު، އާއިލްގެ ގަލަން ނުހިނގާ ރޮގެއް ނެތެވެ. އެންމެ ފާހަގަކޮށްލެވެނީ، އޭނާގެ ރިޕޯޓްތަކެވެ. ނަމަވެސް ހުރިހާ ދާއިރާއަކަށް އޭނާގެ ގަލަން ފަރިތައެވެ. މި ޓީމާއެކު މަސައްކަތް ކުރި އަހަރުގެ ތެރޭގައި ޢާލިމް ފާހަގަވެފައިވަނީ، އަމިއްލައަށް މަސައްކަތް ކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި އަމިއްލަ ޚިޔާލުތަކަށް ރިޕޯޓް ތައްޔާރު ކުރުމާއި، ގުޅިގެން މަސައްކަތް ކުރުމުގައި އޭނާއަކީ ނަމޫނާ ނޫސްވެރިޔެކެވެ. "ދެން"ގެ ޓީމުގެ ފަރާތުން ޢާލިމަށް އެދެނީ އިތުރު ކާމިޔާބީއެވެ. ޓީމުގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔަމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް