ދުނިޔެ ޓެކްނޮލޮޖީ

ދުނިޔޭގެ ފުރަތަމަ ފަތްޖަހައިލެވޭ އައިފޯނު އުފައްދައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ސެމްސަންގްއާއި ވާވޭފަދަ އެޕަލްގެ ވާދަވެރި ކުންފުނިތަކުން ފަތްޖަހައިލެވޭ ފޯނު އުފައްދައިފައިވީ ނަމަވެސް، މަޝްހޫރު އެޕަލް ކުންފުނިން އަދި މިހައިތަނަށް މިފަދަ ފޯނެއް އުފައްދާފައެއްނުވެއެވެ. މިފަދަ ފޯނެއް އުފެއްދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ދޭތެރެއަކުން އަޑުވެސް އަރައެވެ.

Ads by Sosun Fihaara

ދާދި ފަހުން ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާފައި މިވަނީ ދުނިޔޭގެ ފުރަތަމަ ފަތްޖަހާލެވޭ އައިފޯނު އީޖާދުކުރި ވާހަކައެވެ. ނަމަވެސް މި ފޯނު ހެދީ އެޕަލް އަކުން ނޫނެވެ.

މިކަން ކާމިޔާބު މިކުރީ ޗައިނާގެ ޔޫޓިއުބަރެކެވެ. އޭނާ ވަނީ އެޕަލްގެ އައިފޯނު ފަތްޖެހޭ ފޯނެއް ގޮތަށް ހަދައިފައެވެ. ފޯނުގެ މެދުން ފަތްޖަހާލެވޭ ގޮތަށް ހަދާފައިވާ މި ފޯނަށް އޭނާ ދީފައިވާ ނަމަކީ "އައިފޯނު ވީ" އެވެ.

މި ފޯނު ހެދުމަށް 200 ދުވަސް ހޭދަވެފައިވާއިރު އޭނާ ވަނީ ފޯނު ހެދުމަށްޓަކައި ހާހެއްހާ ޑޮލަރުވެސް ޚަރަދުކޮށްފައެވެ.

އައިފޯނު އެކްސް މޮޑިފައިކޮށްގެން ހަދާފައިވާ މި ފޯނަކީ ސެމްސަންގް ގެލެކްސީ ޒީ ފްލިޕްއާ ވަރަށް އެއްގޮތް ފޯނެކެވެ. މި ފޯނުވެސް 90 ގެ އަހަރު ތަކުގައި ނިކުތް "ފްލިޕް" ފޯނު ތަކެކޭ އެއްގޮތަށް މެދުން ފަތްޖަހާލެވެއެވެ. މި ފޯނުގެ ފަހަތުގައި އެޕަލްގެ ލޯގޯވެސް ހިމަނާފައިވެއެވެ.

މި ފޯނު ހިނގަނީ އެޕަލްގެ އައިއޯއެސް 16 ގައެވެ.

މިހައިތަނަށް މިފަދަ ފޯނެއް އުފައްދާފައިވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ފޯނު އުފައްދާ ކުންފުނިތަކުގެ ތެރެއިން ޖުމުލަ ހަ ކުންފުންޏަކުންނެވެ. އެއީ، ސެމްސަންގް، މޮޓޮރޯލާ، ވާވޭ، އޮޕޯ، ޝޯމީ، އަދި ވީވޯއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!