ޚަބަރު ސަރުކާރު

އައު ދިރާސީ އަހަރު ފެށޭއިރު، ކޮންމެ ސްކޫލެއްގައި ތަމްރީނު ވެފައި ތިބި ޕްރިންސިޕަލުން ތިއްބަވާނެ: މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އައު ދިރާސީ އަހަރު ފެށެންވާއިރަށް، ކޮންމެ ސްކޫލެއްގައިވެސް ތަމްރީނުވެފައި ތިބި ޕްރިންސިޕަލުން ތިއްބަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލުން ނުތިއްބަވާ މައްްސަލަ ހައްލު ކުރުމަށްޓަކައި، ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ސްކީމެއް މި ސަރުކާރުން ތަޢާރަފު ކުރެއްވި ކަމަށެވެ.

"މި ސްކީމްގެ ދަށުން މިހާރު 18 ބޭފުޅަކު މެލޭޝިއާގަ ތަމްރީނު ވަމުން އެ ދަނީ. ކޯން ނިންމަވާފަ، އެ ބޭފުޅުން ވަޑައިގަންނަވާނެ އަންނަ އަހަރުގެ އޭޕްރީލްގަ، އެހެންވީމަ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މި އަންނަ އެކަޑެމިކް އިޔަރ ފެށިގެންދާއިރު، ހުރިހާ ސްކޫލެއްގަ ތަމްރީނުވެފަވާ ޕްރިންސިޕަލެއްވެސް ހުންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ ފެންވަރު ރަނގަޅުވާނީ ފެންވަރު ރަނގަޅު ޓީޗަރުން ތަމްރީނުވެގެންކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ޢުމްރާނީ ތަރައްގީ އެކަނި ނޫން ކަމަށާއި ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަކީ ވެސް މި ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ads by HDC
  1. ދީނާހިލާފަންކަންތައްކުރުވާޕުރިސްޕަލުންތައަނެއްކާ