ޚަބަރު ސިޔާސީ

ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލުމުގެ ފުރަތަމަ މަރުހަލާ އަކީ އެމްޑީޕީއަށް ވެރިކަން ލިބުން: ޠާރިޤު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް--

2018 ވަނަ އަހަރުގައި ދިވެހިރާއްޖޭގެ ވެރިކަން އިންޑިއާގެ ނުފޫޒުން ބަދަލުވެގެން ދިޔުމަކީ، ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލެން ދިމާވި އެންމެ ފުރަތަމަ މަރުޙަލާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޠާރިޤް ވިދާޅުވީ މިއަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި އޮތީ ކޮންއެއްޗެއްކަން ސާފުކޮށްދޭން ޖެހޭ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލު ކުރީ އިންޑިއާގެ ނުފޫޒުންނެވެ. އެ ޤައުމުގެ ނުފޫޒުގައި ޖެހި، ރާއްޖޭގެ ސިޔާދަތީ ބާރު ދޫކޮށްލެވޭއިރުވެސް، ރައީސް ޞާލިޙާއި ފޮރިން މިނިސްޓަރު ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތަށްވެސް އެނގިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލުމުގެ ފެށުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވުމުން ކަމުގައެވެ.

"އޭގެ ފަހުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް، އަދި ރާއްޖޭގެ ތާރީޚު ބަލާއިރުވެސް ފެންނަން އޮންނަނީ ރާއްޖޭގެ ބައެއް ރަދުން، އަދި ބައެއް ރަސްރަސްކަލުން، އެ ރަސްރަސްކަލުން ގޯއާގަ ހުންނަ ބަޔަކަށް ޖިޒީ ދައްކައިގެން ރާއްޖޭގެ ވެރިކަން ކުރަމުން ދިޔަތަން. މިއަދު މިއޮތީ ރައީސުލްޖުމްހޫރިއްޔާގެ ނަން ކިޔަސް، ރާއްޖޭގެ ވެރިކަމުގައި ހުންނަ ފަރާތުން، އިންޑިއާއަށް ޖިޒީ ދައްކައިގެން މި ޤައުމުގައި ވެރިކަން ކުރާ ޙާލަތަށް ގޮސްފަ." ޠާރިޤު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަދި ލީކުވާނެ ކަމަށާއި، އެ ސިޓީ ފޮރުވައިގެން ނޫޅުއްވޭނެ ކަމުގައެވެ.

 

Ads by HDC
  1. އަލީ

    ރަނގޅު ވާހަކައެއް