ރާއްޖޭގެ މަޝްހޫރު ގިނަ މުއައްސަސާތައް އެޗްޑީސީގެ ސްމާޓްކޮމް ފެއާއިން
ޑިޖިޓަލް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ޕްލެޓްފޯމްތަކުގެ މަޢުލޫމާތާއި މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ފަރާތުން ބާއްވާ ސްމާޓްކޮމް ފެއާ 2022ގައި ރާއްޖޭގެ ގިނަ ބްރޭންޑްތަކެއް ބައިވެރިވުމަށް ހަމަޖައްސައިފިއެެވެ.
އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް،އާރު.އޯ.އެލް، ފަދަ ފަރާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މީގެ އިތުރުން އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާރޖް، އަދި ޖޮބްސިކަލް ފަދަ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް މި ފެއާރ ގައި ބައިވެރިވާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
“މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީ.އޯ.އެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިންގ، ލިންކް ސާވް ފަދަ ކުންފުނިތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ” އެޗްޑީސީން ވިދާޅުވިއެވެ.
މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެއެވެ. މި ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަރ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރ ތައް ހިމެނެއެވެ.
މި ފެއާ އޮންނާނީ 19 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގައެވެ.
ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ.
ރައްޔިތުން ތަފާތު ޑިޖިޓަލް ޕްލެޓްފޯތައް ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމަށް އަހުލުވެރި ކުރުވުމަކީވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިިލުވުމަށް މުހިއްމު ކަމެކެވެ.
ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށެވެ.