ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހަނަކު ހައްޔަރުކޮށްފި

ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހަނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހަމަތު ކުރެވޭ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.