ސަމާލުވޭ، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ އިދާރާއިންވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ.
މިގަޑިތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިންވަނީ ހާމަކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.