ޓެރެރިޒަމްއަކީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ: ޖައިޝަންކަރ
ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެފުށް ފެންނަ ވިސްނުމަކަށް ގޮވާލައްވައި، މި ނުރައްކަލުން އަރައިގަތުމަށް ސިޔާސީ ބައިބައިވުންތަކުން އަރައިގަތުމަށް ގައުމުތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ގޮވާލައްވައެވެ.
"ނޯ މަނީ ފޯ ޓެރަރިޒަމް" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކަލުގެ މިންވަރާއި ހަރުކަށިކަން މިފަހަކަށް އައިސް އިތުރުވެފައި ވަނީ ޓެރަރިޒަމްގެ ހަތިޔާރަކީ ދައުލަތުގެ ފަންނުވެރިކަމުގެ ހަތިޔާރެއްގެ ގޮތުގައި ބައެއް މީހުން ބޭނުންކުރަމުންދާތީ އާއި އެކަން ޖަސްޓިފައިކޮށް އޮޅުވާލުމަށް އެހެން މީހުން ބޭނުންވާތީ ކަމަށެވެ.
"ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ ހުރިހާ ރޮނގަކުން، ހުރިހާ ހާލަތެއްގައި ވެސް އަދި ހުރިހާ ތަނެއްގައި ވެސް ސާބިތުކަމާ އެކު މަސައްކަތް ކުރަން ޖެހޭ ހަނގުރާމައެއް،" ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ ކޮންފަރެންސްގައި ކުރެއްވި ތަޤްރީރުގެ ބައެއް ޓްވިޓަރގައި ހިއްސާ ކުރައްވަމުން ޖައިޝަންކަރު ވިދާޅުވިއެވެ.
ކޮންފަރެންސްގެ ހަވާސާގައި ޖައިޝަންކަރު ވަނީ ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުاللهއާ ވެސް ބައްދަލުކުރައްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ރާއްޖެއިން ޓެރެރިޒަމްއާ ދެކޮޅަށް ގެންގުޅޭ އުސޫލީ ސިޔާސަތުތަަކަށް ތައުރީފް ކުރެއްވިއެވެ. އަދި ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަޝްވަރާ ކުރެއްވިއެވެ