ޚަބަރު ސިޔާސީ

ނޫސްވެރިން ސިޔާސީ ވެއްޖެ، ނުކިޔާ އެއްޗެއް ނެތް: މޫސަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން މޫސާ މަނިކު--

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކުގެ ޢާއިލީ ކުންފުނިން ހިންގާ ރަހާ ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ ވާހަކަ ބައެއް ނޫސްތަކުގައި ޝާއިއު ކުރުމުން އޭނާ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށްވުރެ ނޫސްވެރިން ވަރުގަދަވެ،  ކޮންމެ ނޫސްވެރިއަކީ ސިޔާސީ މީހަކަށްވެއްޖެ ކަމަށެވެ.  އޭނާ ކުރައްވާ މަސައްކަތާއި އަނބިދަރިންނާ ބެހި ޓެކްސް ނުދައްކާ ވާހަކަ ވެސް ނޫސްވެރިން ލިޔަމުންދާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ނޫސްވެރިން ވެއްޖެ ކޮންމެ ނޫސްވެރިއަކީ ސިޔާސީ މީހަކަށް. މިސާލަކަށް އަޅުގަނޑު ވެސް ކާންބޯން ކުރާ މަސައްކަތާ އަނބިދަރިންނާ ބެހި ޓެކްސް ނުދައްކާ ވާހަކަ ގޮވާ ދަރަނިބޯ ގޮވާ. ސިޔާސީ މައިދާނަށް ނުކުމެ މި ހުރީ. ހަމަ ނިކުމެ މިހުރީ.

މޫސަ ވިދާޅުވީ އޭނާއަކީ ދުވަހަކު ވެސް ދައުލަތުން އެއްޗެއް ވަގަށް ނެންގެވި ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ބުނާ އެއްޗެއް ބުނަންވީ ކަމަށާއި އޭނާއާ ދިމާއަށް ނުކިޔާ އެއްޗެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.

ފިލްމު ކުޅުނީތީ ކަސިޔާރު ގޮތަށް ދަރިން ތިބި ވާހަކަ ވެސް ގޮވާ.

އެނގިފައިވާ ގޮތުން މޫސަގެ ރަހާ ރިސޯޓުން ދައުލަތަށް 43 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. ރަހާ ރިސޯޓުގެ ހިއްސާދާރުންގެ ގޮތުގައި ތިއްބަވަނީ މޫސައާއި އޭނާގެ ހަތަރު ދަރިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!