ޚަބަރު އިޖުތިމާޢީ

އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ވޯޑަށް ބަދަލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ މީހާ ވޯޑަށް ބަދަލުކޮށްފިއެވެ.

Ads by MWSC

މި މަހުގެ 09 ވަނަ ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހުން މަރުވިއެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ 08 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އައީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އޭނާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށްވުރެ އޭނާގެ ހާލު ރަނގަޅުކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އެ މީހުންގެ ޤައުމަށް ފޮނުވައިލާފައެވެ. މަރުވި މީހުންގެތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!