އުރީދޫ ފުޓްބޯޅަ ފޯރި: މުޅި ރާއްޖޭގައި ޖުމްލަ 213 ފޭން ޒޯން
ވޯލްޑް ކަޕަށް ހާއްސަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި 213 ފޭން ޒޯން އުރީދޫ މޯލްޑިވްސްއިން ގާއިމް ކޮށްފިއެވެ.
އުރީދޫން ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފައިވާ ކަމަށެވެ.
ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދިސީއީއޯ ޚާލިދު އަލް ހަމާދީ މިއަދު އާޓިފިޝަލް ބީޗްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާއި ޕަރޓްނަރ ވެ ބައިވެރި ވިމޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ، މީޑިއާނެޓް ހެޑް އޮފްވޯލްޑް ކަޕް ޕްރޮޖެކްޓް ޒިހުނީ ރަޝީދާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލްމެނޭޖަރު އިބްރާހިމް ފިރުޝާންގެ އިތުރުން އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ އެހެނިހެން ޕާޓްނަރުންވެސް ބައިވެރިވެވަޑައިގަތެވެ.
އުރީދޫ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރި ކުރުވުމުގެ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެކެވެ.
ފޭން ޒޯންތައް އިފްތިތާހުކުރުމުގެ މި ރަސްމިއްޔާތުގައި އުރީދޫ ފުޓްބޯލް ފޯރީގެ ރަސްމީ ލަވަ “އަރްހްބޯގެދިވެހި ވާޝަން” ލައިވްކޮށް އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރ ހަބޭސް ބޮޑުބެރުން ވަނީ ހުށަހަޅައިދީފައެވެ.
އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ ހާއްސަ އޮފަރ ތަކެއްވެސް ލޯންޗްކޮށްފައެވެ.
އެގޮތުން މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލަރ އެޕް ގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއަރ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.