ޚަބަރު އިޖުތިމާޢީ

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް [ކަނޑުފަޅު ނަފާ] ލޯނު ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by MWSC

ފިޝަރީޒް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފައިވަނީ އިއްޔެއެވެ.

މިނިސްޓްރީން ވިދާޅުވީ ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ މި ފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ލޯނު (ޖުމްލަ 34 މިލިއަން ރުފިޔާއާއި ހަމައަށް) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ކުރިއަށް ގެންދާ މި ލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށްފަހުކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ލޯނަށް އެދި ހުށަހަޅާނީ އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރު 2022 ވަނަ ދުވަހުން ފެށިގެން.

މި ލޯނަކީ އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އަދި ޖުމްލަ ގޮތެއްގައި އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދޫކުރާ ލޯނެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!