ޚަބަރު ޝަރުޢީ ދާއިރާ

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ޝަރީޢަތް ނިމެންދެން ބަންދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދިވެހި ފިރިހެނަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

އުތުރުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރީ 49 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލީއެވެ.

ނަމަވެސް އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރީ މި މަހުގެ 18 ގައެވެ.

އެ ގޮތުން ކޯޓުން އަމުރުކުރީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ އެ ރަށު ސުކޫލުގައި ދިވެހި ކިޔަވައިދޭ މުދައްރިސެކެވެ. އެޑިއުކޭޝަނުން މިހާރު ވަނީ އޭނާ ސަސްޕެންޑް ވެސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!