ދުނިޔެ

ރަޝިއާއިން އެންމެ ގިނައިން ގަސްކާނާ ގަންނަނީ އިންޑިއާއިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާއިން އެންމެ ގިނައިން ގަސްކާނާ ގަންނަ ޤައުމަކަށް އިންޑިއާވެއްޖެއެވެ.

Ads by Sosun Fihaara

2022/23 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރަޝިއާއިން ފުރަތަމަ ފަހަރަށް އިންޑިއާއަށް އެންމެ ގިނައިން ފާޓިލައިޒަރ ސަޕްލައިކުރާ ގައުމަށް ވެފައިވަނީ ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި އަގުތަކަށް ވުރެ ޑިސްކައުންޓް ދީގެން ކަމަށް ސަރުކާރާއި ސިނާއަތުގެ މަސްދަރުތަކުން ވަނީ ބުނެފައެވެ.

އެޕްރީލް މަހުގެ އެއްވަނަ ދުވަހު ފެށި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރަޝިއާއިން އިންޑިއާއިން އެތެރެކުރި ފާޓިލައިޒަރ އިމްޕޯޓް 371 އިންސައްތަ އިތުރުވެ ރެކޯޑް އަދަދަކަށް ވަނީ އަރާފައެވެ. މިމުއްދަތުގައި 2.15 މިލިއަން ޓަނުގެ ފާޓިލައިޒަރ އިންޕޯޓްކޮށްފައިވާ، އިމްޕޯޓްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވިއެވެ.

އަގުގެ ގޮތުން ބަލާއިރު މި މުއްދަތުގައި އިންޑިއާއިން އިމްޕޯޓް ކުރި މިންވަރު 765 އިންސައްތަ އިތުރުވެ 1.6 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފާއިތުވި މުޅި މާލީ އަހަރު އިންޑިއާއިން ރަޝިޔާއިން 1.26 މިލިއަން ޓަނުގެ ގަސްކާނާ ވަނީ އެތެރެކޮށްފައިވެއެވެ.

"ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހަމަނުޖެހުންތައް އުފެދުމާ އެކު އެކަށީގެންވާ އަގެއްގައި ފާޓިލައިޒާ ހޯދުމުގައި އިންޑިއާއަށް ދަތިތަކެއް ކުރިމަތިވި. އެވަގުތު ރަޝިއާގެ ސަޕްލައިތައް ވަގުތުން ވަގުތަށް އަދި އެކަށީގެންވާ އަގެއްގައި ވެސް ލިބުނު." ރަޝިއާގެ ސްޓޮކް އިތުރުވި ސަބަބު ހާމަކުރަައްވަމުން އޮފިޝަލް ވިދާޅުވިއެވެ.

މޮސްކޯއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން އެކްސްޕޯޓްކުރާ މައި ގައުމުތައް ކަމަށްވާ ރަޝިއާ އާއި ބެލަރޫސްއިން ފާޓިލައިޒާ ޝިޕްމަންޓްތަކަށް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން މާޗް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ފާޓިލައިޒާގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!