އިންޑިއާއަށް ދާން ދެން އެއާ ސްވިދާ އެއް ބޭނުމެއް ނުވާނެ

އިންޑިއާއަށް އެތެރެވާ ބައިނަލްއަގްވާމީ ދަތުރުވެރިން ކޮވިޑް-19 އާ ގުޅިގެން ފަސިންޖަރުން ސްކްރީން ކުރުމަށް ސެލްފް ޑިކްލަރޭޝަން ފޯމް، އެއާ ސުވިދާ ނަމަކަށް ފުރަން ނުޖެހޭނެ ގޮތަށް ހަމަޖައްސައިފިއެވެ. އަދި ކޮވިޑް-19 ގެ ނެގެޓިވް އާރްޓީ-ޕީސީއާރު ރިޕޯޓެއް މިހާރު ހުށަހަޅާކަށް ނުޖެހޭނެއެވެ.
މި ލުއިތަކަށް އަމަލުކުރަން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
އިންޑިއާގައި 2020 ވަނަ އަހަރު މެއި މަހުން ފެށިގެން އެތެރެވާ ފަސެންޖަރުން އެއަރ ސްވިދަރ ފޯމް ފުރަން ޖެހެއެވެ. އެއީ ކޮވިޑް-19އިން ރައްކާތެރިވުމަށް އެ ޤައުމުން އެޅި ފިޔަވަޅެކެވެ.
އިންޑިއާއަކީ ބޭސް ފަރުވާއަށާއި ވިޔަފާރިއަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރަމުން އަންނަ މަންޒިލެކެވެ. އެއާ ސްވިދަރ ފޯމް ފުރަން ނުޖެހުމުން އެކަމުގެ ފަސޭހަތައް ދިވެހިންނަށް ވާނެވެ.