މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ދެ ގޯނި ހިކަނދިފަތުގެ ވެރިފަރާތް ހޯދަނީ
ދެ ގޯނި ހިކަނދިފަތުގެ ވެރިފަރާތް ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް އެހެން ތަކެތީގެ ވެރިފަރާތް ހޯދަން އާއްމުންގެ އެހީއަށް އެދިފައެވެ.
ފުލުހުން ބުނީ މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 5 ން 8 އަށް އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެ ދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗަކީ:
އޮގަސްޓް 5 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 461956
އޮގަސްޓް 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ގޯނި ހިކަނދިފަތް. އިންސިޑެންޓް ނަންބަރު 462110
އޮގަސްޓް 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 462080
އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 462142
އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސޮނީ ބްރާވިއާ 50 އިންޗީގެ ޓީވީ އެއް. އިންސިޑެންޓް ނަންބަރު 462145
އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 13 ޖީންސް. އިންސިޑެންޓް ނަންބަރު 462173
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.