ޚަބަރު

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭ ޕްރޮގްރާމެއް ފައްޓަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭ ޕްރޮގްރާމެއް، އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފް ގުޅިގެން ފައްޓަވައިފިއެވެ.

Ads by STELCO

އިއްޔެ ފެއްޓެވި މި ޕްރޮގްރާމްގައި އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ޕްރައިމަރީ ސްކޫލުތަކުން 20 ހެލްތު އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ވެސް މި ޕްރޮގްރާމުގެ ދެވަނަ ސެޝަން ކުރިއަށް ގެންދަވާނެއެވެ.

ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް (ހެލްތު ސްކްރީން)، ހެލްތު އޮފިސަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ މުހިންމުކަމާއި އަދި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގައި ބަލަން ޖެހޭ މުހިންމު ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ބައިތަކުގެ ޢަމަލީ މަސައްކަތް ހިންގާނެ ގޮތްތައް ވެސް މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ކުރިއަށް ގެންދަވައިފައެވެ.

ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފް މެޑިކަލް ކޯގެ ސިފައިންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!