ދީން

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ކަންތައް ކުރާނީ ކިހިނެއް؟

ދެން އެމްވީ ، ދެން އޮންލައިން

ފިރިމީހާ އަނބިމީހާގެ މައްޗަށް ލާޒިމްވެގެންވާ ޙައްގުތަކެއްވާފަދައިން އަނބިމީހާ ފިރިމީހާގެ މައްޗަށް ލާޒިމްވާ ޙައްގުތަކެއްވެސްވެއެވެ. އެގޮތުން އެންމެ މުހިންމުކަމަކީ މާތް ﷲއަށް އުރެދުމެއްނުވާ ކޮންމެ އަމުރަކަށް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި ފިރިމީހާ އަނބިފިރިކަމުގެ ގުޅުން ހިންގަން އެދިއްޖެ ޙާލަތެއްގައި އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ.

އަދި ފިރިމީހާގެ އިޒުނައަކާ ނުލައި އެއްވެސް މީހަކު އޭނާގެ ގެއަށް ނުވެއްދުމެވެ. އަދި ފިރިމީހާގެ އިޒުނައަކާ ނުލައި ގެއިންބޭރަށް ނުނިކުތުމެވެ. އަދި ފިރިމީހާއަށް ޓަކައި ޒީނަތްތެރިވެ އެހެންމީހަކަށް އެ ޒީނަތް ނުދެއްކުން ހިމެނެއެވެ.

އިސްވެބަޔާން ކުރެވުނު ޙައްގުތައް އަދާކުރުމުގައި އަނބިމީހާ ފަސްޖެހިއްޖެ ނަމަ އޭނާއަަށް ހެޔޮގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު ނަޞޭޙަތްދޭންވާނެއެވެ. އަދި އޭނާ ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާންކޮށްދޭން ވާނެއެވެ. އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގައިދާނެ ގޮތްތައް ކިޔައިދީ ހަނދާންކޮށްދޭންވާނެއެވެ.

އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާ އަށް ކުރާ ޚަރަދު ހުއްޓަލަން ޖެހިދާނެކަން ވެސް ބުނެދޭންވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެ ނަމަ ތަންމަތިން ވަކި ކުރާނީއެވެ. އެގޮތުން ވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާނުވާ ވަރަށް ޖެހުން ވެސް ހުއްދަވެގެންވެއެވެ. މިގޮތުން ވެސް ޙައްލަކަށް ނާދެވިއްޖެ ނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ. މިގޮތުން ވެސް ކާމިޔާބު ނުވެއްޖެ ނަމަ ވަރިއާ ހަމައަށް ދާނީއެވެ.

މަސްދަރު: މޯލްޑިވިއަން ޕާލް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!