ދުނިޔެ

ޝެއިންގެ ބައެއް އުފެއްދުންތަކުގައި ނުރައްކާތެރި ކެމިކަލްތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އަލްޓްރާ ފާސްޓް ފެޝަން ބްރޭންޑެއް ކަމަށްވާ ޝީންގައި ނުރައްކާތެރި ކެމިކަލްގެ މާއްދާތައް އެކުލެވޭ ކަމަށް ގްރީންޕީސް ޖަރުމަނުގެ އާ ރިޕޯޓެއްގައި ބުނެފިއެވެ.

Ads by Sosun Fihaara

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ގްރީންޕީސްގެ ރިޕޯޓެއްގައި ބުނެފައިވަނީ ޝީންގެ 47 އުފެއްދުމެއްގެ ޕްރޮޑަކްޓް ޓެސްޓުތަކުން 15 އިންސައްތަ އީޔޫގެ މިންގަނޑަށްވުރެ އިތުރަށް ނުރައްކާތެރި ކެމިކަލްތައް ފާހަގަކުރެވިފައިވާ ކަމަށާއި އީޔޫގެ މިންގަނޑަށް ވުރެ 100 ޕަސެންޓް އިތުރަށް ވެސް ބައެއް އުފެއްދުންތަކުގައި މި ކެމިކަލް އެބަހުރި ކަމަށެވެ.

ދިރާސާ ކުރުމަށް ގްރީންޕީސް އިން ޓެސްޓު ކުރި ތަކެތިން ފުއްޕާމެޔާއި ކިޑްނީ ފަދަ ގުނަވަންތަކަށް ގެއްލުންވާ "ފާލޭޓް" ކެމިކަލް މަތީ މިންވަރަކަށް ހުރި ކަމަށާއި "ފްރްމަލްޑަހައިޑް" ކިޔާ ކެމިކަލެއް ވެސް ފެނިފައިވެއެވެ.

ޝެއިން އިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ވެސް އެތައް ހާސް އާ ޑިޒައިންތަކެއް މާކެޓްކޮށް، އެތައް ހާސް ސަޕްލަޔަރުންގެ ނެޓްވޯކްތައް މެދުވެރިކޮށް ޑެލިވަރީތައް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!