ޚަބަރު ދުނިޔެ

އިންޑިއާގެ މުމްބާއީގައި މީސްލްސް ފެތުރެނީ، ތޭރަ ކުދިން މަރުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާގެ މުމްބާއީގައި ހަލުވިކަމާއެކުގައި މީސްލްސް ފެތުރެމުން އެބަދެއެވެ.

Ads by Hajj Corporation
Ads by Sosun Fihaara

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ އަހަރު، މުޅި ދުނިޔެއިން 40 މިލިއަން ކުޑަކުދިން މީސްލްސް ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން، 2021 ވަނަ އަހަރު އެކަނިވެސް އެއްލައްކައަށާވީސްހާސް ކުޑަކުދިން މިބަލީގައި މަރުވިއެވެ.

މިމަހުގެ ސައުވީސްވަނަ ދުވަހާ ހަމައަށް މުމްބާއީގައި 13 ކުއްޖަކު މީސްލްސް ޖެހިގެން ވަނީ މަރުވެފައެވެ. އަދި 233 ކުދިންނަށް މި ބަލި ޖެހިފައިވެއެވެ.

މި އަހަރުގެ މިހައިތަނަށް އިންޑިއާގެ މަހާރަޝްޓްރަ ސްޓޭޓުން 538 ކުއްޖަކަށް މީސްލްސް ބަލި ޖެހިފައިވެއެެވެ. މީގެއިތުރުން ބިހާރު، ގުޖުރާތު، ހަރްޔާނާ، ޖަރްކަންދް، އަދި ކެރެލާގައިވެސް މީސްލްސް ދަނީ ފެތުރެމުންނެވެ.

 

  1. ޔާ ﷲ މޮމްބާއީގެ މުސްލިމުނަށް އަވަސް ޝިފާއެއް ދެއްވާށި، ބަލިތަކުން އަޅަމެން ސަލާމަތް ކުރައްވާށި !