Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

މެޗެއްގެ ތެރެއިން ސަޕޯޓަރަކު ދަނޑަށް އަރާ، ކޯނަރ ދިދައިން ކީޕަރަށް ހަމަލާދީފި

މެޗެއްގެ ތެރެއިން ސަޕޯޓަރަކު ދަނޑަށް އަރާ، ކޯނަރ ދިދައިން ކީޕަރަށް ހަމަލާދީފި

ތުރުކީގައި ގޯޒްޓެޕޭ އާއި އަލްޓޭ އޯވަރ ބައްދަލުކުރި މެޗަށް ސަޕޯޓަރަކު އަރައި ކޯނަރ ދިދައިން ގޯލްކީޕަރު އޮޒާން އެވްރިމް އޮޒެންކްއަށް ހަމަލާދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސްޓޮޕެޖްގައި ސަޕޯޓަރަކު ދުވެފައި ގޮސް އަލްޓޭގެ ގޯލްކީޕަރު އޮޒާން އެވްރިމް އޮޒޭނީއަށް ފަހަތުން ހަމަލާދީފައިވެއެވެ. އަދި ކުޅުންތެރިންނާއި ސެކިއުރިޓީ ސްޓާފުން ވަނީ އޭނާ ހުއްޓުވައިފައެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ބޮލުގައި ހަތަރު ސެންޓިމީޓަރުގެ ޒަހަމެއް ހުއްޓެވެ. ހަމަލާ ދިނުމާ އެކު ދަނޑުގައި އެވަގުތު އޮތް އެންބިއުލާންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

Advertisement
Ooredoo — Square (box)

ޓީއެފްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްމީރުގައި ގޯޒްޓެޕޭ އާއި އަލްޓޭ ބައްދަލުކުރި މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި އަލްޓޭގެ ގޯލްކީޕަރު އޮޒޭނޭއަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރިކުރާ ކަމަށެވެ.

މިހަމަލާ ކީޕަރަށް އަމާޒުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ. މި މައްސަލަ ބަލަމުންދާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް