ޗިސްޗިސް ކޮށްލިޔަސް، ބާޣީއަކަށް ވެވޭކަށް ނެތް: ނިހާދު

ހެޔޮވެރިކަން ދެމެހެއްޓުމަށް ކުރެއްވުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާއި، ބާޣީއަކަށް ވެވޭކަށް ނެތް ކަމަށް ރައްޔިތުންފގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެދުގައި ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެފައިވާއިރު، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމާ ދެކޮޅަށް ކަަމަށާއި، އެ މެމްބަރުން މަސައްކަތް ކުރައްވަނީ އެތެރޭގެ ބަޣާވާތެއް ކުރުމަށް ކަަމަށް ރައީސް ޞާލިޙުގެ ފެކްޝަނުން ތުހުމަތު ކުރެއެވެ. ނިހާދުވެސް ހުންނެވީ ރައީސް ޞާލިހު ފަޅީގައެވެ.
ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ނިހާދު ވިދާޅީ ޗިސްޗިސް ކޮށްލިޔަސް، އަދި ފިސްފިސް ކޮށްލިޔަސް ބާޣީއަކަށް ވެވެން ނެތް ކަމަށެވެ.
"އަނިޔާއަށް ފަހަތަށް ނުޖެހި އަދާ ހަމައަށް މި އައީ."
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހައްޤުގައި، ފަހަތަށް ނުޖެހި ކުރިއަށްދާނެ ކަމަށާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް އޭނާގެ މޭ އައްޑަނައަކަށްވެސް ދިއްކުރައްވާނެ ކަމަށެވެ.