ޚަބަރު ޝަރުޢީ ދާއިރާ

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ފަސް ބޭފުޅަކު ކުރިމަތިލައްވައިފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެއެސްސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖޭއެސްސީ އިއްޔެ ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ކުރެއްވި އިއުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފަސް ބޭފުޅުން ކަމަށެވެ.

ކުރިމަތިލައްވާފައިވާ ބޭފުޅުން:

1.ޒީނަތު ޢަލީ / ދަފްތަރު. ނަންބަރު 2616 މާލެ

2.މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް، ގދ.ގައްދޫ

3.މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ

4.ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް

5.ފައްޔާޟު ޝާޠިރު / ހަސަންކާރިގެ، ސ.މީދޫ

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަހު 36,000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15,000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ހައިކޯޓު އެކުލެވިގެންވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުގައި މިހާރު ތިއްބަވަނީ ހަތް ފިރިހެން ފަނޑިޔާރުންނާއި ތިން އަންހެން ފަނޑިޔާރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!