ރަޝިއާއަށް އިންޑިއާއިން ގިނަ އަދަދެއްގެ މުދާ ގަންނަނީ

ހުޅަނގުގެ ޤައުމުތަކުން ރަޝިއާއަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުން އިންޑިއާއިން މުދާ އެތެރެކުރަން ނިންމައިފިއެވެ.
ރަޝިއާއިން އިންޑިއާއަށް ޑެލިވަރީ ކުރުމަށް ބޭނުންވާ 500 އަށް ވުރެ ގިނަ އުފެއްދުންތަކުގެ ލިސްޓެއް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރޭގައި ކާރާއި މަތިންދާ ބޯޓު އަދި ރޭލުގެ ބައިތައް ހިމެނޭ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެދުމަކީ އޭގެ ސްކޯޕްގައި އާދަޔާ ހިލާފު ކަމެކެވެ. ރަޝިއާއާއެކު ވިޔަފާރީގެ ޑެފިސިޓް ކުޑަކުރުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާއިރު، ވިޔަފާރީގެ ކުރިއެރުމަށް އިންޑިއާއިން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ރަޝިޔާއިން މިކަމަށް އެދިފައި ވަނީ ނޮވެމްބަރު މަހުގެ 07 ވަނަ ދުވަހު ޖައިޝަންކަރު މޮސްކޯއަށް ކުރައްވާ ދަތުރުފުޅުގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މި ދަތުރުފުޅުގައި ނިއު ދިއްލީން ރަޝިއާއަށް އެންގީ ކޮން ވާހަކައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައަށް މޮސްކޯއަށް ފާޅުގައި ފާޑުކިޔުމުގައި ހުޅަނގުގެ ގައުމުތަކާ އެކު އިންޑިއާ ބައިވެރިއެއް ނުވެއެވެ.