މަހާޒުގެ މައްސަލަ ބެލުމަށް އެއްބާރުލުމެއް ނުލިބޭ: ޖޭއެސްސީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ތަހުޤީޤު ކުރުމަށް ސުޕްރީމް ކޯޓުންނާއި ފަނޑިޔާރު މަހާޒުގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު މަހާޒުއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކީ ފަނޑިޔާރު މަހާޒު ހިމެނޭ ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމްކުރެއްވުމުން އެކަމުގެ އުފަލުގައި އެ މައްސަލައިގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ފަނޑިޔާރު މަހާޒު ހަވާލުވެވެވަޑައިގެން ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނާ ޝަކުވާ ކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ ކޮމިޝަނަށް ހުށަހެޅު ޝަކުވާއާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން އެ ދުވަހު ފަރީއްކޮޅެއް އޮތް ކަމަށް އެންގުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދޭން ސުޕްރީމް ކޯޓުން ތަކުރާރުކޮށް އިއުތިރާޒު ކޮށްފައިވާ ކަމަށެވެ.
ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަ ދެއްވާފައި ނުވެއެވެ. އަދި އެއިރު އެ މައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ މިކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންކަން ފާހަގަކުރަމެވެ.،" ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން ބަޔާނެއް އާއްމު ކުރައްވައި މަހާޒު ވިދާޅުވީ، ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކެއުމަކީ ހާއްސަކެއުމެއް ނޫންކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.
އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން، މައްސަލަ ކުރިޔަށް ގެންދިޔަ ދުވަސްތަކުގައި ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖައްސަނީ ރިޔާސަތުން އެއް ފަނޑިޔާރު ކަމަށާއި، މިދިޔަ އަހަރުގެ ނޮވެމަބަރު 30 ގައި ރެސްޓޯރަންޓަކުން އޯޑަރުކޮށް ކެއުން ގެނައީ އެއީ ރެސަސްއަށް ދިއުމުގެ ކުރިން ފަނޑިޔާރުން އެއްތަނަކުން ދިމާވާނެ އެންމެ ފަހު ދުވަހަށް ވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖޭއެސްސީީ އަކީީ ބޮޑުޖޯކެއްގޮތައްް މިހާރުސިފަވާގޮތައްް ކަންތައްް ކަންތައްކުރާތީީ ހިތާމަކުރަންް އެއީީ އަހަރުމެންނައްް އިންސާފުު ހޯދޭނެެ ގޮތެއްް ނޭގޭތީީ ކީވެެ މީތޯޯ ހައްގުމިންވަރަކީީ
މިހާރު ތިޔަ ދަނީ ރަނގަޅަށް މިފަހަރު ތިޔަކަން ކޮޅެއްގައި ޖެހޭނެ ވަޅު ނުވަތަ ދާނިދނޑި ބަލަން މިތިބޫ ނިކަން ގާތުން އަޒީބެގެ އިޝާރާތެއް ލިބެންދެން