ޝުޖާޢުގެ ސުވާލެއް: ބްރިޖްގެ ތަނބުގެ ފެންވަރު ކިހައިވަރަކުން ދާނެ؟

ތިލަމާލެ ބްރިޖު އެޅުމަށް ޖަހާ ތަނބުގެ ފެންވަރު ކިހައިވަރަކުން ދާނެތޯ، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ސުވާލު ކުރައްވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ބްރިޖު އެޅުމަށްޓަކައި ކަނޑުގައި ޖަހާ ތަނބެއް ޖެހުމުގެ ތެރޭގައި، އެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކެރޭނެއް ކަނޑަށް ވެއްޓުމާ ގުޅިގެންނެވެ.
ކެރޭންގެ ބޮޑު ބައެއް ވެއްޓިފައިވަނީ ކެރޭން ބަހައްޓާފައިވާ ޕްލެޓްފޯމް ތެރެއަށެވެ. މި ޙާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ.
މިކަމާ ގުޅިގެން ޝުޖާޢު ވިދާޅުވީ، ތިލަމާލެ ބްރިޖެއް ނޭޅޭނެ ކަމަށާއި، މި މަޝްރޫޢު ވެގެންދާނީ ރައްޔިތުންނަށް ބޮޑު ތަކްލީފަކަށް ކަމަށެވެ.
ބިންދައިގެން ދިޔަ ކެރޭނުގެ ބައި ކަނޑުން ނަގާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ވަނީ މަޢުލޫމާތު ދެއްވައިފައެވެ. ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ކެރޭނެއް ބިންދައިގެން ދިޔައިރު މިދިޔަ އޮގަސްޓު މަހު ވިލިމާލެ ފަރަށް ބްރިޖުގެ މަސައްކަތް ކުރާ ޕްލެޓްފޯމެއް ވެސް އެރިއެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވިއެވެ.