ޚަބަރު ސިޔާސީ

ސަރުކާރުން ވަނީ މަސްވެރިންނަށް ދޮގުހަދާފައި: ޣައްސާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ވަޢުދުތަކުގެ ނަމުގައި ކަންކަން ކޮށްދޭނެ ކަމަށްބުނެ ސަރުކާރުން މަސްވެެރިންނަށް ހެދީ ދޮގުކަމަށް މިހާރު ބުނެވެން އެބައޮތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ޣައްސާން ވަނީ މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ގޮވައިލައްވާފައެވެ.

''ވަޢުދު ނުފުއްދެވީމަ ބުނެވޭނީ ހެއްދެވީ ދޮގޭ'' ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން އިތުރަށް ވިދާޅުވިއެވެ.

މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައި ދިނުމާއި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމްތައް ޤާއިމްކުރުމާއި ގޭދޮށު މަސް ފެކްޓްރީތައް ގާއިމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.

ނަމަވެސް މި ވަޢުދުތައް ނުފުއްދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!