ދުނިޔެ

ފިޔަވަޅުތައް އުވާލުމުން ހަލުވި ކަމާއެކު ބަލި ފެތުރިދާނެ ކަމުގެ ބިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި އަޅާފައި އޮތް ހަރުކަށި ކޮވިޑް-19 ފިޔަވަޅުތައް ކުއްލިއަކަށް ނިމުމަކަށް ގެނައުމުން ކުއްލިއަކަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދީފިއެވެ.

Ads by WAMCO

ދިޔަ މަހު ޗައިނާއިން ކޮވިޑްގެ ހަރުކަށި ގިނަ ފިޔަވަޅުތައް އުވާލީ މިދިޔަ މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށް ފަހުއެވެ. ބެއިޖިން ފަދަ ސިޓީތަކުން އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ދަށަށް ވަނީ ގޮސްފައެވެ. އެއީ ގަވާއިދުން ޓެސްޓު ކުރުން ފަދަ އުސޫލްތައް އޮތުމުންނެވެ.

ނަމަވެސް ކުއްލިއަކަށް ގިނަ ފިޔަވަޅުތައް އުވާލުމުުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، ގިނަ ބަޔަކު ބައްޔަށް ފައްސިވެ، ވިޔަފާރިތައް އަނެއްކާ ވެސް ހުއްޓާލަން ޖެހުމެވެ. ބަލި ޖެހިފައިވާ މަސައްކަތްތެރިން ގޭގައި ކަރަންޓީނުވުމުން ގިނަ ވިޔަފާރިތައް ބަންދުކުރަން މަޖުބޫރުވެފައިވާއިރު، ބަލި ފެތުރުމުގެ ނުރައްކާ ބޮޑުކަމުން އިތުރު ގިނަ ބަޔަކު ބޭރަށް ނުނިކުތުމަށް ނިންމާފައިވާކަމަށް ދިރާސާ ކުރާ ފަރާތްތަކުންބުނެއެވެ.

ޗައިނާގެ މަޝްހޫރު އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޒޮންގް ނަންޝާން ދައުލަތުގެ މީޑިއާއަށް ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ވައިރަހުގެ އޮމިކްރޯން ސްޓްރެއިން އަކީ ވަރަށް ބޮޑަށް ފެތުރޭ ބައްޔެއް ކަމަށާއި ބަލި ޖެހިފައިވާ އެކަކު އިތުރު 18 މީހަކަށް ބަލި ފެތުރިދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ބޮޑެތި ބައެއް ސިޓީތަކުގައި އެތައް ލައްކަ ނުވަތަ އެތައް ހާސް ބަޔަކަށް ބަލި ޖެހިފައިވާ ތަން،" ޒޮންގް ވިދާޅުވި އެވެ.

ބެއިޖިންގައި ދިރިއުޅޭ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުން އުވާލައި ހަމައެކަނި ސިއްހީ ހިދުމަތްތެރިން ފަދަ ޖަމާއަތްތަކަށް ހާއްސަކުރުމާ އެކު، އަލަށް ޕޮޒިޓިވްވާ މީހުންގެ ރަސްމީ ޓެލީތައް ވަނީ ދަށަށް ގޮސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބެއިޖިންއިން 1،661 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ރިޕޯޓްކޮށްފައިވާއިރު، މިއީ ގައުމީ ސިޔާސަތުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުގެ އެއް ދުވަސް ކުރިން، ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު 3،974 މީހުން ޕޮޒިޓިވްވި އިރު، 42 ޕަސެންޓް ދަށް އަދަދެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!