ރިޕޯޓް

ޒުހުރާގެ 9 އަހަރު ކުރީގެ ހިތްދަތި ވާހަކަތައް އިވިފައި އަދި ވެސް ކަރުނަ ހިފަހައްޓާ ނުލެވޭ!

ރައުފާ ރަޝީދު ، ދެން އޮންލައިން

"މި އަންހެން މީހާއާ ގުޅޭނެ ނަންބަރެއް ބޭނުން" ޖަހާފައިވާ ޕޯސްޓެއް ފޭސްބުކުން އަހަންނަށް ފެނުނީ އިއްޔެ ވަގުތެއްގައެވެ. އެ ޕޯސްޓާ އެކު ވީޑިއޯއެއް ހިއްސާކޮށްފައި އިނުމުން އަވަސްވެގަތީ އަވަހަށް ވީޑިއޯ ބެލޭތޯއެވެ.

Ads by STELCO

ޝައުގުވެރިކަމާއެކު ވީޑިއޯ ބަލަން އަހަރެން އިނީމެވެ. ހިތްދަތި އެތައް ވާހަކައެކެވެ. ކިޔައިދިނީ ސިފަ ނުކުރެވޭފަދަ ފަގީރު ދިރިއުޅުމެއްގެ ވާހަކަތަކެވެ. ގައިން ހީބިހި ނަގާފައިވާ ހާލު އަހަރެން ހިތަށް އެރިއެވެ. އެހީގެ އަތެއް ނުލިބި, ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހި, ދަތި ޙާލުގައި ދިރިއުޅެން ޖެހޭ އެތައް ބަޔަކު މި މުޖުތަމަޢު ތެރޭގައި އުޅޭކަމެވެ. މިފަދަ މީހުންގެ ތެރޭގައި އަހަރެމެންގެ ޢާއިލާގެ މީހަކު ވާނަމަ އަހަރެމެންނަށް އަސަރެއް ނުކުރާނެތޯއެވެ.

އެއީ މީގެ ނުވަ އަހަރު ކުރިން އައިމިނަތު ޒުހުރާ އެކަނިވެރި މައެއްގެ ގޮތުގައި ރަށުގައި ހޭދަކުރި ހިތްދަތި ދުވަސްތަކުގެ ވާހަކައެވެ. ބަލާ ބެލުމަށް ވަރަށް މަޑުމައިތިރި ހިތްތިރި އިންސާނެކެވެެ. ކިޔައިދިން ވާހަކަތަކުން އެނގުނު އެއް ކަމަކީ އޭނާ އަކީ ލިބޭ މިންވަރަށް ޝުކުރު ކޮށްގެން ޝަކުވާއެއް ނެތި ދިރިއުޅެމުންދާ އޯގާތެރި މައެއް ކަމެވެ.

13 އަހަރު ކުރިން ޒުހުރާގެ ދުލުން

ކޮންމެ މަހަކުވެސް ޒުހުރާއަށް ލިބެނީ 3000 ރުފިޔާއެވެެ. އެއީ އެކަނިވެރި މައިންނަށް ދަޢުލަތުން ދޭ އިނާޔަތުގެ ލާރިއެވެ. ދަރިންގެ ޓިއުޝަން ފީ, ޤުރްއާން ކްލާސް ފީއާއި ދަރިންގެ ކަންކަމަށް މަހަކު 2500 ރުފިޔާ ހޭދަވެއެވެ. ބާކީ އޮންނަ 500 ރުފިޔާއިން 100 ރުފިޔާ ކޮންމެ މަހަކުވެސް ޒުހުރާ ރައްކާ ކުރަނީ އެހެން މީހެއްގެ އަތަށް ދީގެންނާއި އެކައުންޓުގައި ބަހައްޓައިގެންނެވެ.

"އެގޮތަށް ގޮސް ހުންނާނެ ފުދޭ ވަރަކަށް ލާރި ސޭވް ވެފަ. އެކަމަކު އެއްވާ އިރަށް މިޖެހެނީ މާލެ ދާން. ދެން މާލެ ގޮއްސަ ބޭސްފަރުވާ ކުރަން ޖެހެނީ"

ޒުހުރާއަކީ ހިތުގެ ބައްޔާއި ނާރުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެކެވެ. މިކަމުގެ ސަބަބުން ބޭސްފަރުވާ ކުރަަން މާލެ ދާން ޖެހޭ ފަހަރު ވަރަށް ގިނައެވެ. އޭނާ މާލެ ދަނީ ބޭބެއެއްގެ އެހީގައި ކަމަށް ބުންޏެވެ. ރައްކާ ކުރާ ފައިސާކޮޅު ހަރަދު ކުރަން ޖެހެނީ ބޭސްފަރުވާއަށެވެ. ބަލި ހާލަތު ހުންނަ ގޮތުން ގިނަ ދުވަސް ދުވަހު އެނދުން ތެދުނުވެވި އޮންނަން ޖެހެއެެވެ. ނަމަވެސް އެފަދަ ދުވަސް ދުވަހު ދަރިންގެ ފަރާތުން އެހީތެރިން ވަރަށް ބޮޑަށް ލިބޭ ކަމަށް ޒުހުރާ ބުންޏެވެ.

"އަޅުގަނޑު ވަރަށް ބަލި މީހެއް މިއީ. އެކަމަކު ކުދިންތައް ވަރަށް ރަނގަޅު. އަޅުގަނޑަށް ހޭއަރާ ފަަހަރާ ހޭނާރާ ފަހަރު ދާނީ. ސިކުނޑި މައްސަަލައެއް. ނާރުގެ މައްސަލައަކާ ހިތުގެ މައްސަލައެއް ހުންނަނީ. މިކަހަލަ ހިތްދަތިކަމެއްގަ އުޅެން ޖެހުމުން ވަރަށް ދެރަވޭ"

ޒުހުރާގެ ދިރިއުޅުން މިހާރު

މިއީ އިއްޔެގެ ވަގުތެއްގައި މީސް މީޑިއާގައި އާންމުވި ވީޑިއޯގައި ޒުހުރާގެ ހިތްދަތި ދިރުއުޅުން އޭނާ ކިޔައިދިން ގޮތެވެ. އެ ވީޑިއޯއާއެކު ގިނަ ބައެއްގެ ސަމާލުކަން ޒުހުރާއަށް ލިބުނުއިރު އިއްޔެއިން ފެށިގެން ފޯނަށް އަންނަމުން ދިޔަ ކޯލްތައް އިންތިހާއަށް ގިނަވިއެވެ. ވެގެން އުޅޭ ގޮތެއް ޒުހުރާއަކަށް ނޭނގެއެވެ. ހީކުރީ ސްކޭމް ކޯލްތަކެއް ކަމަށެވެ. އެހެން ނަމަވެސް ގޫޅާލާ ކޮންމެ މީހަކުވެސް އަހަނީ ޒުހުރާގެ ހާލެވެ. ބޭނުންވަނީ އެހީ ފޯރުކޮށްދޭށެވެ. އަހަނީ އެކައުންޓް ނަމްބަރު ދިނުމަށެވެ. މިކަން ވެގެން ދިޔައީ ޒުހުރާއަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމަކަށެވެ.

ޒުހުރާ ބުނީ އުމުރުންވި 42 އަހަރުގެ ތެރޭގައިވެސް ހާލު އަހާލީ މަދު ބައެއް ކަމެވެ. މިވަގުތު އެހާ ގިނަ ބަޔަކު ގުޅައި, ހާލު އަހާ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަން ބުނާތީ ޒުހުރާ ހުންނަނީ އެކަން ގަބޫލު ކުރަންވެސް ދަތިވެފައެވެ.. މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ޒުހުރާ މިހާރު އުޅެނީ ކައިވެނި ކޮށްގެން މާލޭގައެވެ. ކައިވެންޏަށް 10 އަހަރު ވީއިރު އިތުރު 2 ކުދިންވެސް ޒުހުރާގެ އެބަތިއްބެވެ. އޭރު ވީޑިއޯއިން ފެނުނު ދަރިން މިހާރު ތިބީ ބޮޑެތިވެފައެވެ. އެންމެ ދޮށީ ދަރިއަށް މިހާރު 20 އަހަރުވެ, ވަޒީފާ އަދާކުރަނީ ރިސޯޓެއްގައެވެ. އާއިލާއަށް އެހީގެ ފޯރުކޮށްދޭން ހުންނަނީ ހަމައެކަނި އެ ކުއްޖާއެވެ. ފިރިމީހާ ވަޒީފާ އަދާ ކުރަނީ ފިހާރައެއްގައެވެ. ލިބެނީ 9000 ރުފިޔާގެ މުސާރައެކެވެ. ހުރިހާ ދަރިންނާއެކު ޒުހުރާ ދިރިއުޅެމުންދަނީ ކުޑަ ކޮޓަރިއެއްގައެވެ.

އަދިވެސް ޒުހުރާގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދަރިންގެ ހައްގުގައި އަތުކުރި އޮޅައިގެން ޒުހުރާ އެހެރީ މުޅި އުމުރު ދުވަހުވެސް އެކުދިންނަށް ހިދުމަތް ފޯރުކޮށްދިމަށް އަޒުމް ކަނޑައަޅައިގެންނެވެ.

"މާތްاللهއަށް ދަންނަވައި ކެތްތެރިވިން. ދަރިންގެ ހައްގުގައި. ރަނގަޅު ގޮތް މިންވަރު ކުރައްވާނެ"

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ހިތްދައްޗެއް ނުވޭތޯއެވެ. ނޫނީ އެވަރުގެ ރަޙުމެއް ހިތުގައި ނެތީތޯއެވެ. އަށް ޙަމްދު ހުއްޓެވެ. އެއިލާހުގެ ދީލަތިކަމުން އަހަރެމެން ކައިބޮއި އެބައުޅެމުއެވެ. ނަމަވެސް ދަތި ޙާލުގައި ދިރިއުޅޭ އެތައް ބަޔަކު އަހަރެމެންގެ މުޖުތަމަޢުތަކުގައި ވެސް އެބައުޅެވެ. އެފަދަ މީހުން ހޯދާ އެމީހުންގެ ދަތިކަމަށް ކުޑަ ނަމަވެސް ތަސައްލީއެއް ދޭ ބަޔަކަށް އަހަރެމެންވަމާތޯއެވެ.

Ads by Allied Insurance
  1. ނާއިލާ އަހުމަދު

    އަހަރެމެންނަށްމިހުރިހާކަމެއްވެސްއެގެނީ ވަގުތު ފާއިތު ވާފަހުން . މިއަދު ކުޑަނަމަވެސް އާއްމުދަނީއެއް ލިބޭއިރު އެދުވަހު އެކެއްޗެއް ވެސް ނުލިބޭމީހެއްގެ ގޮތުގަ ނޭގިއޮތުން އެއީވެސް މައްސަލައެއް . . ފިރިހެނެއްގެ ހަލާލު ދަރިން ތިބެ އެހާލުގަ ދިވެހިރައްޔިތުން އުޅޭންޖެހުން އެއީ އިޖްތިމާއީ ފަރުދީވެސް މައްސަލައެއް . ރަށެއްގަދިރއުޅޭ ކަމުވޮށިގެންވާބައެއްގެވެސް މައްސަލައެއް . ނިކަމެތި ހާލަށް އިޖްތިމާއީއެތައް މައްސަލައެއް އޮތް މާލޭގަ ދިރިއުޅުން މުހިއްމެއްވެސް ނޫން . ސަރުކާރުންވެސް ވީވައުދު ފުއްދާ ބޯހިޔަލެއް އަމިއްލައަށް ކޮޅަށް ނުޖެހެވޭނިކަމެތިންނަށް ހިޔާ ވަހިކަން ހިލޭދީ ހިޔާވަހިކަން ކަށަވަރު ކޮއްދޭން ޖެހޭނެ . ރައްޔިތުން ފަގީރުވަނީ އަމިއްލައަކަށް ނޫން . ތިމާ ހިތްދަތި ކަމެއްގައުޅޭންބޭނުންނުވާއިރު އެހެން މީހުންގެ ހިތްދަތިކަން ވެސް އިހްސާސްވާނެ ނަމަ މިއިސްލާމީ މުޖްތަމައު ގަ އެއްމެންވެސް އުޅޭނީ ލިބޭވަރުން އުފަލުގަ . އެއަންހެން ކުއްޖާއަށްދަރިންގެ ބަފައިގެ ފަރާތުން އެހީތެރި ކަން ހޯދައިދޭން ވެސް މަޖްބޫރު ކުރުވަން ވެސް އެއްވެސް މީހަކު ކަމެއް ނުކޮއްދޭކަށް އެގުނީ އެހާލުގަ އުޅޭން ޖެހުނީވެސް އެފަދަ ފިރިހެނުންގެ ސަބަބުން ކަން ހާމަވީ . އެކަނިވެރި މައިންގެ ގޮތުގަ ދިރިއުޅޭމިފަދަ ނިކަމެތިންނަށް އެހީވުން ސަރުކާރަށް ލާޒިމް ވާނެ . އެކަނިވެރި މައިންގެ ގޮތުގަ މުއްސަދިން ވެސް އުޅޭއިރު ހޯދަން ވީ އެހީތެރި ކަން ފޯރުކޮއްދޭންވީ މިފަދަ އަންހެނުނަށް. .