ފުލުހުންގެ ފޯކަސް ބަދަލުވެ، ސިޔާސީ ވެއްޖެ: ޖަމީލު

ފުލުހުންގެ ފޯކަސް ބަދަލުވެ، ސިޔާސީވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
ހދ.ނޮޅިވަރަމް، ހިތަށްފިނިވާގެ، އުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދު، މަރައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި، އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ފުލުހުންގެ ގޮޅީގައި ދަން ޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހެޅުއްވުމާ ގުޅިގެން، ޖަމީލު ވިދާޅުވީ މިއަދު ފުލުހުންގެ މުއައްސަސާ އެމްޑީޕީގެ ސިޔާސީ "ޖަގަހަ"އަކަށް ވެފައިވާ ކަމަށެވެ.
"މިހާރު އަބަދުވެސް އިވެނީ ފުލުހުންގެ އިހްމާލްގެ ވާހަކަ. ބަންދުގައި މަރުވުމާއި ދަންޖެހުން. މިއީ ކުޑަކަމެއް ނޫން."
ޖަމީލު ވަނީ، ފުލުހުން ޤާނޫނީ ޒިންމާ އަދާކުރަން ތެދުވާނީ ކިތައް ހާދިސާ ހިނގުމުންތޯ ސުވާލު ކުރައްވައިފައެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިއެއްގައި 15 ދުވަހަށް ބަންދު ކޮށްފައި ހުރި ފައިސަލް 11:15 ހާއިރު ދަންޖެހިފައި ހުއްޓައި ވަނީ ފެނިފައެވެ. ފައިސަލްއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިންވެސް އަންނަނީ ބައްލަވަމުންނެވެ.
ކަލޯއަށް ސިޔާސީ މަގާމެއް ދޭނެ އެއްވެސް ބައެއްނެތް. ތިހިރީ ބާކިވެފައި.