ވިޔަފާރި

ފައިނަލް މެޗް ބަލަން ދާ ފަރާތްތަކަށް ބޮޑެތި ހަދިޔާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕް އާއްމުންނަށް ދެއްކުމަށް އެންމެ ބޮޑު ލެޑް ޕެނަލް އާއި އެކު ކުރިއަށް ގެންދާ ބޯޅަ ފޯރީގައި ފައިނަލް މެޗު ބެލަން އަންނަ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

މެޗް ބަލަން އަންނަ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް އެޗް.ޑީ.ސީ އާއި މީޑިއާ ނެޓާއި ގުޅިގެން 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރި"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފައެވެ.

ހުޅުމާލެ ދެ ސަރަހައްދެއްގައި އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗުތައް އެޅުވުން ކޮންމެ ދުވަހަކުވެސް ކުރިޔަށްދެއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!