ދުނިޔެ

ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލުން ނައްޓާފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ޒީރޯ ކޮވިޑް-19 ސިޔާސަތު އުވާލާ ކުއްލިއަކަށް ދިން ލުއިތަކުގެ ސަބަބުން އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަކުން އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރު ބޮޑުވެއްޖއެވެ.

Ads by Sosun Fihaara

ޗައިނާގެ ހޮސްޕިޓަލްތަކަށް މިހާރުވެސް އެހާ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާއިރު، އެގައުމުން ކޮވިޑް ޕޮލިސީ ކުއްލިއަކަށް ބަދަލު ކުރުމާއެކު، ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުންނަށް ބަލި ޖެހިދާނެ ކަމަށް ބެލެވޭ ކަމަށް މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވިއެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މެޑިކަލް ވޯކަރުންނަށް، މުވައްޒަފުން މަދުވުމުގެ ސަބަބުން އަމިއްލައަށް ވައިރަސް ޖެހުނު ނަމަވެސް މަސައްކަތައް ނިކުތުމަށް ދަނީ އަންގަމުންނެވެ.

ފާމަސީތަކުގައި ވެސް ރޯގާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ކޮވިޑަށް ހޯމް ޓެސްޓު ކިޓްތައް ވެސް ގެންނަން މިހާރު އުނދަގުލެވެ.

ބެއިޖިންގައި ރެސްޓޯރެންޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް އެތަންތަނުގައި ކަސްޓަމަރުން ވަރަށް މަދެވެ. މަގުތައް އޮތީ ހަމަހިމޭންކޮށެވެ. ކުންފުނިތަކުން އެނބުރި އޮފީހަށް ދާން ޖެހޭ ކަމަށް މުވައްޒަފުންނަށް ބުނަމުން ދިޔަ ނަމަވެސް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސަރުކާރުން ބުނަމުން ދިޔައީ ޒީރޯ ކޮވިޑުން ސަލާމަތްވުމެއް ނޯންނާނެ ކަމަށާއި ބަލި ޖެހިފައިވާ މީހުން ސެންޓްރަލައިޒްޑް ކަރަންޓީން ފެސިލިޓީތަކަށް ދާން ޖެހޭނެ ކަމަށާއި ލޮކްޑައުން ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ޤަވާއިދު ބަދަލު ކުރުމުން ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!