ދުނިޔެ

ޗައިނާގެ އެހީއަކީ ދަންތުރައެއް ނޫން: ސަފީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމުތަކުގެ އިގުތިސާދީ ހާލަތުގެ ތެރެއަށް ޗައިނާ ވަދެގަންނަނީ ހީލަތްތެރިކަމާ އެކު ކަމަށް ބުނެ ހުޅަނގުން ކުރާ ތުހުމަތަށް ވޮޝިންގްޓަންގައި ހުންނަވާ ޗައިނާގެ ސަފީރު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ޑިސެމްބަރު 13-15 އަށް އޮންނަ އެމެރިކާ-އެފްރިކާ ސަމިޓާ ދިމާކޮށް ޗައިނާގެ ސަފީރު ޝިން ގޭން ވިދާޅުވީ އެފްރިކާއަށް ޗައިނާ ވެދޭ އެއްވެސް އެހިތެރިކަމެއްގައި އަޑިނޭނގޭ އެޖެންޑާއެއް ނޯންނާނެ ކަމަށެވެ.

ހުޅަނގުން ސިފަކުރާ ގޮތުގައި އެފްރިކާ ބައްރުގައި ޗައިނާ ކުރާ އިންވެސްޓްމަންޓް ތަކަކީ ދަރަނި ދަންތުރަ އެކެވެ.

އެމެރިކާގެ ސިޔާސީ ލީޑަރުން ވެސް އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ޗައިނާ-އެފްރިކާ ގުޅުމާ މެދު ދެކެނީ ހީލަތްތެރި ގުޅުމެއް ގޮތުގަ އެވެ. އަދި އާޚިރުގައި ހުރިހާ ވޭނެއް ތަހަންމަލްކުރަން ޖެހޭ ބަޔަކަށް ވާނީ އެފްރިކާގެ ރައްޔިތުން ކަމަށް އެ މީހުން ބުނެ އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ޗައިނާއިން ވެދޭ އެހީތެރިކަމުގެ ނިޝާންތައް އެފްރިކާ ބައްރުން މިހާރު ފެންނަން ހުންނާނެ އެވެ. އޭނާ އަދި ވިދާޅުވީ އަޑި ނޭނގޭ ގުޅުމެއްނަމަ އެއްވެސް ނިޝާނެއް ބިމު އަޑިން ނާރާނެ ކަމަށެވެ.

އެފްރިކާގެ ގައުމުތަކަކީ އެއްބާރުލުން ދިނުމުގައި ނަމޫނާ ގައުމުތަކެއް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. އެކަމުގެ ހެއްކެއް ގޮތުގައި އޭނާ ދެއްކެވީ ތާވަލަށް ވުރެ ކުރިން ނިންމާފައި ހުރި އިމާރާތްތަކެވެ.

ސަފީރު އަދި ވިދާޅުވީ ހައިވޭތަކާއި އެއާޕޯޓްތައް އަދި ހޮސްޓިޕާޓާތައް އެފްރިކާގައި ކޮޅަށް ޖެހުމުގައި އޮތް ހީލަތްތެރިކަމެއް ހުޅަނގަށް ބުނެ ނުދެވޭނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވާ ގޮތުގައި ދުނިޔޭގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި, އެފްރިކާ ވެސް ހިމެނޭ ގޮތުން ގިނައީ ދަރަނީގެ ބިރު އޮތް ގައުމުތަކެވެ.

އޭނާ އަދި ވިދާޅުވީ އެއިން ކޮންމެ ގައުމަކުން ހިއްސާކުރާ ދަރަނީގެ ބޮޑުބައި, 66 ޕަސެންޓަކީ ޗައިނާއަށް އަޅަން ޖެހޭ ބައި ކަމަށެވެ.

ޗައިނާގެ ސަފީރު ވިދާޅުވި ގޮތުގައި ޗައިނާއަށް ވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ހުޅަނގުގެ ޕްރައިވެޓް ކުންފުނިތަކަށް އެފްރިކާ ބައްރުން ދައްކަން ޖެހޭ ދަރަނި ބޮޑެވެ.

އޭގެ މާނަ އަކީ ސަފީރު ވިދާޅުވި ގޮތުގައި ހުޅަނގުން ޖައްސަނީ ގޭމެއް ކަމެެވެ. އަދި އެއީ އިންވެސްޓްމަންޓްތަކަށް އޮތް ބިރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!