ދުނިޔެ

ބޭނުންވާ ވަރަށް ގޮދަން އެބަހުރި: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ސަރުކާރުގެ ގުދަންތަކުގައި ހުރި ގޮދަނުގެ ސްޓޮކް މިހާރު ހުރި މިންވަރަށް ވުރެ އަންނަ މަހުގެ ކުރީކޮޅު ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ދާނެ ކަމަށާއި ނަމަވެސް އެ ގައުމުގެ ވެލްފެއާ ސްކީމްތަކަށް ފުދޭނެ ކަމަށް ކޮންސިއުމާ އެފެއާޒް އެންޑް ފުޑް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފިއެވެ.

Ads by Sosun Fihaara

ޑިސެމްބަރު މަހު ސަރުކާރުގެ ގުދަންތަކުގައި ހުރި ގޮދަނުގެ ސްޓޮކް ހަ އަހަރުގެ ތެރޭގައި އެންމެ ދަށަށް ގޮސްފައި މިވަނީ ޑިމާންޑް ބޮޑުވެ އިންވެންޓްރީތައް ދަށަށް ދިއުމާ ގުޅިގެން އަގުތައް ރެކޯޑް މިންވަރަކަށް އުފުލުމުންނެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމު ކަމަށްވާ އިންޑިއާއިން އެކްސްޕޯޓް ކުރުން މަނާކުރީ މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ މަނާކޮށްފައެވެ.

ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 15.9 މިލިއަން ޓަނުގެ ގޮދަން ލިބޭނެ ކަމަށާއި މިއީ ބަފަރ ބޭނުންވާ 13.8 މިލިއަން ޓަނަށްވުރެ އިތުރު އަދަދެއް ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ގާތްގަނޑަކަށް 18.2 މިލިއަން ޓަނުގެ ގޮދަން މިހާރު ލިބެން އެބަހުއްޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!