ޚަބަރު ޝަރުޢީ ދާއިރާ

ޒިޔަދަމްގެ މަރަށް ހަތް އަހަރު ފަހުން މާދަމާ ޙުކުމް އިއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މީގެ ހަތް އަހަރު ކުރިން ލ.މުންޑޫ ނޫވިލު ޢަލީ ޒިޔަދަމް މަރައިލި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

Ads by Sosun Fihaara

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ.

ޒިޔަދަމް މަރައިލީ 2015 ވަނަ އަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގެރޭ މުންޑޫގައި ހިންގި މާރާމާރީއެއްގައެވެ. އެ މާރާމާރީގައި އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދިނެވެ.

ޒިޔަދަމަށް ހަމަލާދިނީ އޭނާއާއި ދަޢުވާ ލިބޭ ދެ މީހުން ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލާފައިވަނީ މުންޑޫ ބީޗުވިލާ ޢަލީ ޝިފާމް (29 އ) އާއި އެ ރަށު ހީނާވިލާ މުޙައްމަދު ޝަނޫން (24 އ) އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!