ޓީ20 ބްލައިންޑް ވޯލްޑްކަޕް ޗެންޕިއަންކަން އިންޑިއާއަށް

މިފަހަރު ވެސް ލޮލަށް ނުފެންނަ މީހުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ކްރިކެޓްގެ ޗެންޕިއަންކަން އިންޑިއާއިން ހޯދައިފިފެއވެެ.
އިންޑިއާގެ ބެންގަލޫރުގެ އެމް ޗިންނާސްވާމީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން 120 ރަންގެ ބޮޑު ތަފާތަކުން މޮޅުވެ އިންޑިއާގެ ލޮލަށް ނުފެންނަ ފިރިހެނުންގެ ކްރިކެޓް ޓީމު ޓީ-20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.
މި މޮޅާއެކު މި ފޯމެޓްގައި މިއީ އިންޑިއާއަށް ލިބުނު ތިންވަނަ ތައްޓެވެ. 2012 ވަނަ އަހަރާއި 2017 ވަނަ އަހަރާއި 2022 ވަނަ އަހަރު ބްލައިންޑް ޓީ-20 ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާއަކީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ.
2022 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ގިނަ ބައެއްގެ ހިޔާލު ތަފާތުވުންތައް އުފެދުނީ ޕާކިސްތާން ޓީމަށް ވިސާ ނުލިބުމުންނެވެ. ވޯލްޑް ކަޕްގައި އިންޑިއާއަށް ޗެލެންޖް ކުރަން ޕާކިސްތާނަކީ ސީރިއަސް ވާދަވެރިއެއް ނަމަވެސް އެ ޓީމަށް މުބާރާތުގައި ބައިވެރިނުވެވުނެވެ.