ދުނިޔެ

ދުނިޔޭގެ ސުލްހައަށް ގިނަ ގޮންޖެހުންތަކެއް މިވަނީ ކުރިމަތިވެފައި: ޖައިޝަންކަރ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އދ.ގެ ސުލްހަ ބަލަހައްޓާ މިޝަނަށް އިތުރުވަމުންދާ ގޮންޖެހުންތައް ފާހަގަކުރައްވައި ހަތިޔާރު އެޅި ޖަމާއަތްތަކާއި ޓެރަރިސްޓުންގެ ބައިވެރިވުމުގެ ސަބަބުން ދުނިޔޭގެ ސުލްހަ ބަލަހައްޓާ އޮޕަރޭޝަންތަކަށް ނޭދެވޭ އަސަރުކޮށްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ ޓްރަސްޓީޝިޕް ކައުންސިލްގައި "އެކައުންޓަބިލިޓީ ފޯ ކްރައިމްސް އެގެއިންސްޓް ޕީސްކީޕަރުން ޕްރޮމޯޓް ކުރުމަށް ގްރޫޕް އޮފް ފްރެންޑްސް ލޯންޗްކުރުން" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންޑިއާގެ އިތުރުން ބަންގްލަދޭޝް، މިސްރު، ފަރަންސޭސިވިލާތް، މޮރޮކޯ އަދި ނޭޕާލް ފަދަ ކޮންޓްރިބިއުޓް ކުރާ ގައުމުތަކުން ވަނީ އެ ގައުމުގެ ކޯ ޗެއާގެ ގޮތުގައި ބައިވެރިވެފައެވެ.

"އދ.ގެ ސުލްހަ ބަލަހައްޓަން ކުރިއަށްވުރެ ވެސް ގޮންޖެހުން ބޮޑު. އެކަން ކުރަނީ ނުތަނަވަސް ހާލަތްތަކުގައި އަދި ދެކޮޅުވެރި ސަރަހައްދުތަކުގަ. ހަތިޔާރު އެޅި ޖަމާއަތްތަކާއި ޓެރަރިސްޓުންނާއި ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްގެ ބައިވެރިވުމުގެ ސަބަބުން ސުލްހަ ބަލަހައްޓާ އޮޕަރޭޝަންތަކަށް ނޭދެވޭ އަސަރުކޮށްފައިވޭ،" މިނިސްޓަރުގެ ކީނޯޓް ތަގުރީރުގައި ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކަނިވެސް 20 ގައުމަކަށް ނިސްބަތްވާ ސުލްހަ ބަލަހައްޓާ 68 ސިފައިންގެ ފުރާނަ ގެއްލިފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. "އިންޑިއާގެ 177 ސުލްހަ ބަލަހައްޓާ ސިފައިން، މިހާތަނަށް ސުލްހަ ބަލަހައްޓަމުން ދަނިކޮށް ވަނީ މަރުވެފައި"

އަދި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނާ ދެކޮޅަށް ހިންގާ ހުރިހާ ޖަރީމާތަކެއް ރެކޯޑް ކުރާނެ ޑޭޓާބޭސްއެއް ތައާރަފްކުރުމަށް އިންޑިއާއިން މަގުފަހިކޮށްދީފައިވާ ކަމަށާއި ވަރަށް އަވަހަށް ލޯންޗުކުރުމަށް ވެސް ތައްޔާރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް ސުލްހަ ބަލަހައްޓާ ސިފައިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ސިފައިން ހިއްސާކުރާ ގައުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!