ޚަބަރު ސިޔާސީ

ރައްޔިތުންގެ ކަންބޮޑުވުންތައް ހިފައިގެން އިދިކޮޅު ކޯލިޝަނުން ބީއެމްއެލްއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު މަސައްކަތް ކުރައްވައިފިއެވެ.

Ads by Hajj Corporation

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ބީއެމްއެލްގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ނިންމެވީ ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގުމާއި، ޑޮލަރު ލިބުމުގެ ދަތިކަމުންނާއި، ބީއެމްއެލްގައި ހުންނަ ރައްޔިތުންގެ އަމިއްލަ ފައިސާ ބޭނުން ނުކުރެވުމާއި، ފައިސާނަގަން ލިމިޓޭޝަންސްތައް ހުރުމުންނާއި، ސްކޭމްތައް އިތުރުވެ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާތީ އެ ކަންކަމާ ގުޅިގެންނެވެ.

މީގެއިތުރުން އެމްއެމްއޭގެ ގަވަރަނަރާއެކު އެ ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު ޢަލީ ހާޝިމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ވެސް ގުޅިގެންނެވެ.

ޕީޕީއެމްއިން ބުނީ އެ ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ބީއެމްއެލްއަށް ވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުންނާއި ބައްދަލުވާގޮތެއް ނުވި ކަމަށެވެ. ނަމަވެސް ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް މާދަމާ 13:00 އަށް އެ ކޯލިޝަންގެ ލީޑާޝިޕުން ބީއެމްއެލްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!