އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން: ރައީސް ނަޝީދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓް އެމަނިކުފާނަށް ދެއްވުމަށް ވަނީ އެދިފައެވެ.
އަންނަ ޖެނުއަރީ 28ވީހުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބާއްވަން ކަނޑައަޅައި ކުރިމަތިލާން ހުޅުވާލައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2023 ޓައިމްލައިން
- 18 ޑިސެމްބަރ 2022: ރިޔާސީ ޕްރައިމަރީ އިއުލާން ކުރުން
- 18 ޑިސެމްބަރ 2022: ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
- 24 ޑިސެމްބަރ 2022: ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
- 26 ޑިސެމްބަރ 2022: ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
- 28 ޑިސެމްބަރ 2022: ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
31 ޑިސެމްބަރ 2022: ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް) - 03 ޖެނުއަރީ 2023: ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
- 10 ޖެނުއަރީ 2023: ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
- 15 ޖެނުއަރީ 2023: ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
- 28 ޖެނުއަރީ 2023: ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާންކުރައްވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މީގެކުރިން ވަނީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.
ކޮން ރއިސް ނަސީދެއް ވަގު ނަސިދު ލިޔެބަލަ
މިފަހަރުގެ ރިޔާސީ އިންތިހާބުގަ ނަސީދަށް ވާދަ ނުކުރެވޭނެ.ނަސީދުގެ މައްޗަށް ސާބިތުވި ވައްކަމުގެ ހުކުމް ދެމި އެބައޮތް 2008 ގަ ސްޕްރިމްކޯޓުންއެ ހުކުމް ބާތިލް ކޮށްފަ ނެތް ސްޕްރީމްކޯޓްގެ ހުކުމްގަވެސް ވައްކަން ސާބިތު ވެފަ އެބައޮތް.ކީރިތި ގުރްއާނުގެ އަލްމައިދާ ސޫރަތުގެ 38 ވަނަ އަޔަތާއި ތައަޒްވާ ވައްކަމެއް ނުހުރޭ. ވައްކަމަކީ އިސްލާމް ދީނުގަ ހައްދު ކަނޑައެޅިފައިވާ ކުށެއް. ހައްދު ގާއިމްކުރުން ކަނޑައަލަނީ އެހެން މަރުހަލައެއްގަ. އިންސާނާއަށް އެންމެ އަވްލާކަން ބޮޑީ އެމިހާގެ ފުރާނަ ސަލާމަތްކުރުން ފުރާނަޔަކީ މާތްﷲ މާތްކުރައްވާ އިންސާނާއަށް ލައްވާފައިވަރަހްމަތެއް. އެ ފުރާނަ އެއްވެސްހާލެއްގަ އަމިއްލަޔަށް ދުއްވާލުން ހަރާމްވެގެންވޭ. ފުރާނަ ސަލާމަތް ކުރުމަށް ވަގަށް ނަގާ ކެވޭ ކާއެތިކޮޅަކަށް އެމީއަށް ހައްދު ގާއިމް ނުކުރެވޭނެ. ވެލާނާގެ އިން އާސާރީ 3 ތަޅާއި 2 ތަޅުދަނޑި ވަގަށް ގެންދައީކީ ބަނޑުހައިވެގެން ނޫން ކާއެއްޗަކަށް ވެގެން ނޫން އެ ގެންދިޔަގެއްދިމުނުން އަމިއްލަ އިއުތިރާފުން ވައްކަން ސާބިތުވީމަ ގާނޫނުއަސަސީގެ 109 ވަނަ މާއްދާގެ ދަށުން ރިޔާސީ އިންތިހާބުގަ ވާދަ ނުކުރެވެނެ.