ދުނިޔެ

އިންޑިއާއާއި ލަންކާއާ ދެމެދު ރުޕީސް ބޭނުންކޮށްގެން ވިޔަފާރި ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާ އާއި އިންޑިއާއާ ދެމެދު ކުރެވޭ އިގުތިސާދީ މުއާމަލާތްތަކުގައި އިންޑިއާގެ ފައިސާ ބޭނުންކުރުމަކީ ތަރައްގީގެ އިތުރު ފުރުސަތުތަކަށް މަގު ތަނަވަސްވެގެން ދާނެ ކަމެއް ކަމަށް އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޝަން ފޮ ޓްރާންސްފޯމިން އިންޑިއާގެ ޗީފް އެގްޒެކެޓިވް ޕަރަމޭޝްވަރަން އައްޔަރު ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޕަރަމޭޝްވަރަން އައްޔަރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ދެން ތަނަވަސްކުރަން އޮތް މަރުހަލާ އަކީ ބޭރު ފައިސާ، އެމެރިކާ ޑޮލަރަށް ބަރޯސާކުރުން ދޫކޮށްލައި، ގައުމީ ފައިސާއިން ގަނެވިއްކުން އަދި ޚިދުމަތްތަކަށް އަގުދެއްކޭނެ ނިޒާމެއް އެކުލަވާލުން ކަމަށެވެ.

މިއީ ލަންކާ އާއެކު ތަނަވަސް ކުރެވިދާނެ ފުރުސަތެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލަންކާއަށް މިފަހުން ދިމާވި އިގުތިސާދީ ދަތި ހާލުގައި އިންޑިއާއިން ވަނީ ވަރަށް ބޮޑަށް އެހީތެރިވެފަ އެވެ. އިންޑިއާއިން އެކި މާނާގައި 3.8 ބިލިއަން އެމެރިކާ ޑޮލަރު ލަންކާއަށް ވަނީ ތަނަވަސްކޮށްދީފަ އެވެ.

ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިންވަނަ ގައުމެއްގެ ފައިސާ ބޭނުންކުރުމަކީ މަރުހަލާތައް ދިގުދެމިގެންދާ ކަމެއް ކަމަށް އައްޔަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދައުލަތުން ފައިސާ ގަބޫލުކުރުމުގައި ލުއި ގޮތްތަކެއް އުފައްދަން ވެއްޖެ ކަމަށެވެ.

ސަރަހައްދީ ފައިސާއެއްގެ ގޮތުގައި އިންޑިއާ ރުޕީޒް ބޭނުންކުރުމަށްޓަކައި އިންޑިއާއިން ވެސް މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސާގެ އަގު ވެއްޓެން މެދުވެެރިވާ އެއްވެސް ކަމެއްގައި ދައުލަތުން ބައިވެރި ނުވުމަކީ ހައްލެއް ކަމަށްވެސް އޭނާ ވިދާުޅުވި އެވެ.

މެދުއިރުމަތިގެ ބައެއް ގައުމުތަކުގައި އިންޑިއާގެ ފައިސާ ބޭނުންކުރުމަށްޓަކައި ވަނީ މަޝްރާތައް ފަށާފަ އެވެ. ސައޫދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިންޑިއާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި ހުޅަނގުގެ މާލީ ނިޒާމުތަކަށް އިތުބާރުކުރުން ކުޑަކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!