ޚަބަރު

ދޯންޏެއްގައި ރޯވެ އަޑިއަށް ގޮސް، މީހަކު ގެއްލިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލ. ގަމު ތުނޑިއާއި ދިމާލުން ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ގޮސް އޭގެން މީހަކު ގެއްލިއްޖެއެވެ.

Ads by Hajj Corporation

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އެދޯނިން ދަތުރުކުރަމުންދިޔަ ބިދޭސީއެކެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓުގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:00 ހާއިރުއެވެ.

އެދޯނީގެ ކައްޕިއާއި ހަވާލާދީ އެމްއެންޑީއެފް އިން ބުނެފައިވަނީ، އެދޯނީގައި ދަތުރު ކުރަމުން ދިޔައީ 10 މީހުން ކަމަށެވެ.

އަލިފާން ރޯވެ އަޑިއަށް ގޮސްފައިވަނީ "ވިންދު" ނަމަކަށް ކިޔާ ކާގޯ ދޯންޏެއްގައެވެ. އޭގައި ދަތުރު ކުރަމުން ދިޔައީ ދިވެއްސަކާއި ނުވަ ބިދޭސީންނެވެ.

ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން އެދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެގފް އިން މައުލޫމާތު ދީފައިވެއެވެ.

އިތުރު ތަފްސީލު ލިބުނު ވަރަކުން ހާމަ ކޮށްދެއްވާނަމެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!