ޚަބަރު ސަރުކާރު

ހަތް ރަށެއްގައި ސިއްހީ މަރުކަޒު ހަދަން ބިޑަށް ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހއ.ދެއްވަދޫގައި ގާއިމު ކޮށްފައިވާސިއްހީ މަރުކަޒު-

ހަތް ރަށެއްގައި ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތްތަކަށް ބިޑަށް ހުޅުވާލައްވައިފިއެވެ.

އެ ހަތް ރަށަކީ ށ.ގޮއިދުއާއި ށ.ކަނޑިތީމާއި ހއ.މޮޅަދުއާއި ށ.މާއުނގޫދުއާއި ނ.ކުޑަފަރީއާއި ނ.ފޮއްދުއާއި މ.ނާލާފުށްޓެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ އެ ހަތް ރަށުގެ ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

ހުށަހަޅާ ކޮންމެ ބީލަމަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގައެވެ. އެއީ އެ ދުވަސްތަކުގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

އިއުލާނުގައިވާ ގޮތުން ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 22 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބީލަންތަކާގުޅޭ އިތުރު މަޢުލޫމާތު ފިނޭންސް މިނިސްޓްރީގެ 3349115، 3349106، 3349147 މި ނަންބަރުތަކުން ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!